ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:35
ވިއްކުން މަނާކޮށްފައިވާ ޗީޒް
ވިއްކުން މަނާކޮށްފައިވާ ޗީޒް
ގޫގުލް
ޗީޒުގެ ބާވަތެއް ވިއްކުން މަނާކުރުން
ރާއްޖޭގައި ޗީޒުގެ ބާވަތެއް ވިއްކުން މަނާކޮށްފި
 
ޗީޒުގެ ލޭބަލުގައިވާ ނަމަކީ "ކަމެމްބާޓް"

ޖަރާސީމު އެކުލެވޭ ޗީޒުގެ ބާވަތެއް ރާއްޖެއަށް އެތެރެވެފައިވާތީ އެބާވަތުގެ ޗީޒް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއޭޑީ) އިން ބުނީ "ލިސްޓީރިއާ މޮނޮސައިޓޯޖެނީސް" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ފަރަންސޭސިވިލާތުގެ ޗީޒެއް ރާއްޖެއަށް އެތެރެވެފައުިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ. އެ ޗީޒުގެ ލޭބަލުގައިވާ ނަމަކީ "ކަމެމްބާޓް" ކަމަށް ވެސް އެމްއެފްއޭޑީން ވަނީ ބުނެފައެވެ.

މި އެންގުމާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 11 ވަނަ ދުވަހަށް މުއްދަތުހަމަވާ ފްރާންސުގެ މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކުން ވަނީ އެމްއެފްޑީއޭ އިން މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު