ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 07:21
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރާއްޖޭގެ ސިޔާސީ މަސްރަހު
"އެއްވެސް ވެރިއަކަށް ދެ ދައުރު ނުލިބުމުން، ރާއްޖޭގެ އިގްތިޞާދު އިންތިހާ އަށް ހީނަރުވޭ"
 
ފާއިތުވި ފަސް އަހަރު ރައީސްގެ ކިބައިން ފެނިވަޑައިގެންނެވި ކަމަކީ ވައުދުތައް ފުއްދުމާއި ތަފާތު ނުކުރުން ކަމަށް އޭނާ ވިދާޅުވި
 
އެއްވެސް ޕާޓީ އަކަށް އެކަނި ވެރިކަަމަށް އާދެވޭ ވަރަށް ތާއީދު ނުއޮންނަ ކަމަށް ވިދާޅުވި
 
އެއް ފަސް އަހަރަށް ފަހު އަނެއް ފަސް އަހަރު އަޑި އަޅާލާ ކަމަށް އޭނާ ވިދާޅުވި

އެއްވެސް ވެރިއަކަށް ދެ ދައުރު ވެރިކަން ކުރަން މިހާތަނަށް ލިބިފައިނުވާ ކަމަށާއި އެއީ ރާއްޖޭގެ އިގްތިޞާދު އިންތިހާ އަށް ހީނަރުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އެއްވެސް ވެރިއަކަށް ދެ ދައުރު ވެރިކަން ކުރަން ނުލިބުމުން ސަރުކާރުން ކުރިއަށް ގެންގޮސްފައި ހުންނަ މަޝްރޫޢުތައް ކުރިއަށް ނުދާކަމަށެވެ. އެހެން ވަނީ އެއް ވެރިއަކު ކުރައްވާ ކަންކަން ކަމުނުދިއުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެއް ފަސް އަހަރަށް ފަހު އަނެއް ފަސް އަހަރު އަޑި އަޅާލާ ކަމަށާއި ބަދަލުގެ ގޮތުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދޭން ޖެހެނީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ހުންނަ ފައިސާ އިން ކަަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޤާނޫނު އަސާސީ އޮންނަގޮތުން އެއްވެސް ލީޑަރަކަށް އަދި އެއްވެސް ޕާޓީއަކަށް އެކަނި ވެރިކަަމަށް އާދެވޭ ވަރަށް ތާއީދުނެތްކަން މުހައްމަދު ރަޝީދު ހުސައިން ފާހަގަކުރެއްވިއެވެ. އެކަން އެހެން އޮތް އިރު ކޯލިޝަނެއްގެ ތެރެއިން ވެރިކަަމަށް އައުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯލިޝަން ރޫޅުމުގެ ނަތީޖާ އަކީ ރާއްޖޭގެ ހަމަޖެހުން ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1985 ވަނަ އަހަރު ކަމަށެވެ. އަދި އެމްޑީޕީ އުފެދުމުގެ މާކުރީއްސުރެން ރައީސް އިބްރާޙީމް މުހައްމަދު ޞާލިހާއި އަރިހުގައި މަސައްކަތް ކުރެއްވި އިރު ތަޖުރިބާ ކުރެވުނު ކަމަކީ އެމަނިކުފާނަކީ އެންމެންގެ ވާހަކަ ކެތްތެރިކަމާއެކު އަޑު އައްސަވާ ބޭފުޅަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް ޞާލިހަކީ ވައުދެއް ވެވަޑައިގެންފި ނަމަ އެކަމެއް ފުއްދަވާ ބޭފުޅެއް ކަން ވެސް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ސުލްހަ ގާއިމްކުރެވުނީ ކޯލިޝަންތެރޭގައި ޚިޔާލު ތަފާތުވުން އޮތްނަމަވެސް އެ ކޯލިޝަނާއެކު ރައީސް ޞާލިހު މަސައްކަތްކުރެއްވުމުން ކަމަށް އޭނާ ވިދާޅުވިއެެވެ.

ފާއިތުވި ފަސް އަހަރު ރައީސްގެ ކިބައިން ފެނިވަޑައިގެންނެވި ކަމަކީ ވައުދުތައް ފުއްދުމާއި ތަފާތު ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސާލިޙަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދެއްވާ، އެންމެ ބޮޑަށް ވައުދު ފުއްދެވި ރައީސް ކަަމަށް ވެސް މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
މެންބަރުންގެ އަދަދުކަނޑައެޅުމާއި މެދު ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އަމިއްލަ މަންފާ ހޯދަން ހުށަހެޅި ބާތިލް މައްސަލަ އެއް - ބިގޭ
މާލީ ބަޔާނާ ގުޅިގެން ޒަމީލް ޖޫރިމަނާކުރި ކުރުން ފަސް ކުރުމުގެ އަމުރެއް ނެެރެނުދިން
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
ރިޔާސީ އިންތިޚާބު 2023ގައި އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް
އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅުއްވައިފި
މަޖިލީސް ފެއިލްވެއްޖެ، އެކަންވީ މަޖިލިީސް ހިންގަން ތިބި އިސްވެރިންގެ ސަބަބުން - އެމްޕީ ބިގޭ