ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 15:06
ނަބާއާއި ނަބީ ރަން މެޑަލާއެކު
ނަބާއާއި ނަބީ ރަން މެޑަލާއެކު
އެމްއޯސީ
އައިއޯއައިޖީ 2023
އައިއޯއައިޖީ: ނަބާއާއި ނަބީ ބެޑްމިންޓަނަށް ރަން މެޑަލް ހޯދައިދީފި
ފައިނަލް ނަބީއާއި ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުން

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބެޑްމިންޓަންއިން ރާއްޖެ ރަން މެޑަލް ހޯދައިފިއެވެ.

ގޭމްސްގައި ހޮނިހިރު ދުވަހު ރާއްޖެއިން ރަން މެޑަލް ހޯދީ، އަންހެން ޑަބަލްސް ބައިންނެވެ. މިބައިގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ)އާއި އައިމިނަތު ނަބީހާ (ނަބީ) ވަނީ ފައިނަލްގައި ވާދަކޮށް ކުރި ހޯދާފައެވެ. ފައިނަލްގައި ނަބީއާއި ނަބާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ލޯނާ ބޯދާ އަދި ކޮބިތާ ދޫހީގެ ޕެއާއާއެވެ. ފައިނަލް ނަބީ އަދި ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ސެޓުގެ ސްކޯތައް ނަބީއާއި ނަބާ ކާމިޔާބުކުރީ 25-14 އަދި 25-15އިންނެވެ.

މީގެ އިތުރުން އަންހެން ސިންގަލްސްގައި ނަބާ ވަނީ ވާދަކޮށްފައެވެ. ފައިނަލްގައި ނަބާ ވާދަކުރީ މޮރިޝަސްގެ ކޭޓް ލުޑިކާއެވެ. ފައިނަލްގައި ނަބާ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. މޮރިޝަސް ކުޅުންތެރިޔާ ސެޓުތައް ކާމިޔާބުކުރީ 21-13 އަދި 21-19އިންނެވެ. ފައިނަލުން ބަލިވުމާއެކު، އަންހެން ސިންގަލްސްއިން ނަބާއަށް ލިބުނީ ރިހި މެޑަލެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖޭގެ އެތުލީޓުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރާއްޖެއިން ވަނީ މިހާތަނަށް 27 މެޑަލް ހޯދާފައެވެ.

- ކޮމެންޓް