ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 08:59
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި ރައީސް ސާލިހު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި ރައީސް ސާލިހު
ރައީސް އޮފީސް
ރައީސް ސާލިހު - ފަށާއިރު
ވެރިކަމަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލަތެއްގައި ހުންނަވައިގެންކަމަށް ގާސިމް ވިދާޅުވި: ރައީސް
 
މިހާރު ހެދިފައިވާ ކޯލިޝަނާއެކު އެއްބަސްވެވިފައިވަނީ ކެބިނެޓުގެ ސްލޮޓުތައް ހިއްސާކުރުމަށް
 
ސަރުކާރުގައި މައްސަލަތަކެއް އުޅޭނަމަ، އެހެން ގަބޫލުކުރާ ފަރާތްތައް ދުރުވެލުން ރަނގަޅުވާނެ
 
ރައްޔިތުން ކޯލިޝަން ސަރުކާރަކަށް އާނބަސް ދިނުމުން، އެ ނިންމުން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ

ވެރިކަމަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލަތެއްގައި ހުންނަވައިގެންކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވިކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ކޯލިޝަން ސަރުކާރަކަށް އާނބަސް ދިނުމުން، އެ ނިންމުން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، މި ވެރިކަމުގައި މަސައްކަތް ކުރެއްވީވެސް އެގޮތަށް ކަމަށެވެ.

ރައްޔިތުން އެގޮތަށް ނިންމަނީ ސަބަބުތަކެއް އޮވެގެން. އެކަމުގަ ދަތި އުނދަގޫ ވަގުތުތައްވެސް އާދޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

މި ސަރުކާރުގައި އިންތިޚާބަކާ ހަމައަށް އައިއިރު، އަދިވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ހޮވާފައިވާ ވެރިކަން އެގޮތުގައި ކޯލިޝަނާއެކު ދެމެހެއްޓެވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކިތަންމެ ވަރަކަށް ފާޑު ކީނަމަވެސް، މަސައްކަތްތަކަށް ދަތި ނުކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުގައި މައްސަލަތަކެއް އުޅޭނަމަ، އެހެން ގަބޫލުކުރާ ފަރާތްތައް ދުރުވެލުން ރަނގަޅުވާނެ ކަމަށާއި، ސަރުކާރުގައި ކަންކަން ހިނގާ ގޮތް އެނގިތިބެ، ފާޑުކިއުމަކީ އަޚުލާގީގޮތުން ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ގާސިމާއެކު ކޯލިޝަނެއް ނުހެދުނީ ވަކި ކަމަކަށް އެއްބަސް ނުވެވިގެނެއް ނޫން ކަމަށާއި، ވެރިކަމަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލަތެއްގައި ހުންނަވައިގެންކަމަށް ގާސިމްވެސް ވިދާޅުވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޯލިޝަން ހެދުމާމެދު އަރިހުގައި ތިއްބެވި ބޭފުޅުންގެ ޚިޔާލު ތަފާތުކަން ގާސިމް ވަނީ ރައީސް އަރިހުގައި ދަންނަވާފައެވެ.

އޭގެ އިތުރުން، މިހާރު ހެދިފައިވާ ކޯލިޝަނާއެކު އެއްބަސްވެވިފައިވަނީ ކެބިނެޓުގެ ސްލޮޓުތައް ހިއްސާކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް، ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު ކޯލިޝަން ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި