ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 21:24
ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
މާލެ ލީގު
ފަހު މެޗް ކާމިޔާބުކޮށް ވެލެންސިއާއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި
މިއީ ވެލެންސިއާވެސް އަދި ޔުނައިޓެޑް ވިކްޓްރީވެސް ކުޅުނު ފަހު މެޗް
މި ދެޓީމްވެސް ދެން ޖެހޭނީ މާލެ ލީގު ޕްލޭއޮފްގައި ކުޅެން

އެސްޓީއޯ މާލެ ލީގުގައި ވެލެންސިއާ ކުޅުނު ފަހު މެޗް ކާމިޔާބުކޮށް ލީގުގައި އެޓީމު ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

އަންގާރަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗް އެޓީީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމު ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 75 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ވިސާމެވެ.

މި ލަނޑަށް ފަހުގައިވެސް ދެޓީމަށްވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މިއީ މާލެ ލީގުގައި މިދެޓީމް ކުޅުނު ފަހު މެޗެވެ. ތާވަލުގެ އެންމެ ފުލުގައި މިދެޓީމް އޮތް އިރު، މިއީ ވެލެންސިއާއިން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ނަމަވެސް އެޓީމުން ވަނީ 3 މެޗު އެއްވަރު ކޮށްފައެވެ. ބާކީ ހުރިހާ މެޗަކުން އެޓީމް ވަނީ ބަލިވެފައެވެ. އެހެންކަމުން އެޓިމަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ.

ޔުނައިޓެޑް ވިކްޓްރީ ކުޅުނު 14 މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ބާކީ ހުރިހާ މެޗަކުން އެޓީމް ވަނީ ބަލިވެފައެވެ.

މި މެޗާއިއެކު މިދެޓީމަށްވެސް މާލެ ލީގު ނިމިފައި ވާއިރު، މިދެޓީމްވެސް ދެން ޖެހޭނީ ރެލިގޭޝަނުން ސަލާމަތް ވުމަށްޓަކާ މާލެ ލީގު ޕްލޭއޮފްގައި ކުޅޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް