ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 06:26
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ
ސިމާހާ ނަސީމް
ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ހެދުން
ބަހާއި ފެރީގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތަށް ހަމަޖައްސައިފި
 
މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ޚިދުމަތާއި ވިލިމާލެ އަދި ހުޅުމާލެ ފެރީގައި ކޮލެޖާއި ޔުނިވަރސިޓީގެ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ

އެމްޓީސީސީއިން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ޚިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ވިލިމާލެ އަދި ހުޅުމާލެ ފެރީ ޚިދުމަތުގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ޚިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ވިލިމާލެ އަދި ހުޅުމާލެ ފެރީ ޚިދުމަތުގައި ގުރޭޑް 12 އިން މައްޗައް ތަޢުލީމު ހާސިލުކުރާ ދަރިވަރުންނާ ކޮލެޖް އަދި ޔުނިވާރސިޓީ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް 1 ސެޕްޓެމްބަރުން ފެށިގެން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ދަރިވަރުން ތަޢުލީމް ހާސިލުކުރަމުންދާ ކޮލެޖު ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގައި ދަރިވަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ޚިދުމަތެއްގައިވެސް މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައ.ިޑީ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭނެއެވެ. ހަމައެހެންމެ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން ޔުނިފޯރމް އަދި އެކްޓިވިޓީ ޔުނިފޯރމްގައި ތިބޭ ސްކޫލް ދަރިވަރުންނަށްވެސް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި