Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 19:53
ފުލުހުންގެ ހާއްސަ އޮޕަރޭޝަނެން މާލޭގައި ހިންގަނީ
ފުލުހުންގެ ހާއްސަ އޮޕަރޭޝަނެން މާލޭގައި ހިންގަނީ
ރާއްޖެއެމްވީ
މާރާމާރި
ޗާންދަނީ މަގުގައި މާރާމާރީއެއް ހިންގައިފި
މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ

ޗާންދަނީ މަގު މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބުނުގޮތުގައި މި މާރާމާރި ހިންގާފައިވަނީ ދެ ގްރޫޕެއް ދެމެދުގައެވެ.

އެ ސަރަހައްދުން ވަނީ މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ބެލެވޭ ދަގަނޑު ހޮޅިބުރިތަކަކާއި ލަކުޑި ބުރިތަކެއް ފެނިފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތްކަމަށާއި އެހެންނަމަވެސް ޗާންދަނީމަގާއި ލިލީމަގުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ޖުލައި 8 ވަނަ ދުވަހުވެސް މާލޭގައި ވަނީ ދެ މާރާމާރިއެއް، ދެ ގްރޫޕެއް ދެމެދު ހިންގައިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް