ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 13:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އަންހެނުން ބާރުވެރިކުރުވުން
މި ސަރުކާރުން މަސައްކަތް ކުރަނީ އަންހެނުން ބާރުވެރިކުރުވުމަށް، މުއިއްޒު ދެއްވަނީ އަންހެނުން ޖަލަށްލާނެ ކަމުގެ އިންޒާރު: މާރިޔާ
 
މާލެސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީގެ ބައްދަލުވުމެއް ކުރިއަށް ތަޅުއަޅުވައި އެތެރޭގައި ބަންދުކުރި
 
ކުރިއަށް އޮތްތަނުގައި އަންހެނުން ބާރުވެރިކުރުވާނެ

މިސަރުކާރުން މަސައްކަތް ކުރަނީ އަންހެނުން ސިޔާސީ ދާއިރާއަށް ބާރުވެރިކުރުވުމަށް ކަމަށާއި، ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ވެސް އަންހެނުން ޖަލަށްލާނެ ކަމަށް ވިދާޅުވެ ދައްކަވަނީ ބިރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އަންހެނުން ސިޔާސީ ދާއިރާއަށް ނެރެ، އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ގިނަގުނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ކުރާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މަސައްކަތް ކުރައްވަނީ ބިރުދައްކެވުމަށް ކަމަށާއި ދައްކަވަނީ އަންހެނުން ހައްޔަރުކުރާ ވާހަކަ ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީގެ ބައްދަލުވުމެއް ކުރިއަށް ތަޅުއަޅުވައި އެތެރޭގައި ބަންދުކުރި ކަމަށެވެ. މިއަމަލުގެ ސަބަަބުން ވެސް މޭޔަރު މުއިއްޒު އަންހެނުންނަށްގެ މަސައްކަތްތަކަށް ބަލާމިންވަރު ހާމަވެގެންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަމަކު އެ ދައްކަނީ އަޅުގަނޑު ހައްޔަރުކުރާ ވާހަކަ. ކޮންމެހެން އަޅުގަނޑުމެން ވެގެން އަޅުގަނޑު ކަންބޮޑުވަނީއެއް ނޫން. އެކަމަކު އަޅުގަނޑު މިދަންނަވަނީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނާމާންކަން ކެންޕޭން ތެރޭގައި އަދި ވެރިކަމަށް ރަނގަޅަށް ނާދެވޭ އެ ދައްކަނީ އަންހެނުން ހައްޔަރުކުރާ ވާހަކަ. އަޅުގަނޑުމެން ކައުންސިލްތަކަށް ބަދަލު ގެނެސް، އަންހެނުންނަށް ރިޒާވް ސީޓް ގެންނަވާހަކަ ދެއްކީ. އަޅުގަނޑުމެން ޑަބްލިޔުޑީސީތައް އަޅުގަނޑުމެން ނެރުނީ. އެކަމަކު އަޅުގަނޑުމެން ސިޔާސީ ދާއިރާގައި މިކުރާ މަސައްކަތް އަންހެން ވެރިންނަށް ހިތްވަރުދީ، ސިޔާސީ ދާއިރާއަށް ނުކުތުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތާއި، އަޅުގަނޑުމެން ބަސްބުނީމަ އެކަން ހަޖަމް ނުކުރެވޭ ވަރު ރޭގައި ފެނިގެން މިދިޔައީ. ނަމަވެސް އަޅުގަނޑު އިހުތިރާމް ކުރަން އެބޭފުޅާއަށް އެހެން ވިދާޅުވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަން ވަކި ގޮތަކަށް ކަންކުރުމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ މިހާރު ވެސް މަލަމަތި އޮތީ ފެންނަން ކަމަށާއި، ކުރިއަށް އޮތް އިންތީޚާބުގައި ރައްޔިތުން ވޯޓުލާއިރު ވިސްނަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް