ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 12:33
ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ހިނގި އަލިފާނުގެ ޙާދިސާ
ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ހިނގި އަލިފާނުގެ ޙާދިސާ
ރޮއިޓާސް
އަލިފާނުގެ ޙާދިސާ
ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި 60ށް ވުރެ ގިނަ މަރު
ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ މީހުން ސަލާމަތް ކުރުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން
ސަލާމަތީ ބާރުތަކުން ވަނީ އިމާރާތުން މީހުން ހުސްކުރުމަށް މަސައްކަތް ކޮށްފައި
ރިޕޯޓުތައް ބުނާ ގޮތުން މި އިމާރާތުގައި ގިނައިން ތިބީ އެފްރިކާގެ ހިޖުރަވެރިން

ދެކުނުއެފްރިކާގެ ޖޮހަނަސްބާގްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި 60ށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޖޮހަނަސްބާގްގައި ހުރި 5 ބުރީގެ އިމާރާތެއްގައި ހިނގި މި އަލިފާނުގެ ޙާދިސާގެ ސަބަބު ދެނެގަނެވިފައިނުވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ މީހުން ސަލާމަތް ކުރުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ސަލާމަތީ ބާރުތަކުން ވަނީ އިމާރާތުން މީހުން ހުސްކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ޙާދިސާގެ ސަބަބުން މަރުވި މީހުންގެ ހަށިތައް ހޯދުމާއި، ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި އިމާރާތުގައި ގިނައިން ތިބީ އެފްރިކާގެ ހިޖުރަވެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް