ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 16:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބާމެދު ސުވާލު އުފެއްދުން
އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ
 
މުއިއްޒުއަށް ވޯޓުލުމަކީ އާންމު ދިވެހި ރައްޔިތުންނަށް ދެވޭ ބޮޑު ލަނޑެއް
 
ރައީސް ސާލިހު އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރައްވާނެ
 
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދުވެސް ސުވާލު އުފެއްދީ ބަލިވުމުން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮޅުވާލާނެކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ އިންތިޚާބުން ބަލިވާނެކަން ޔަގީންވާތީ ކަމަށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖަހާ ހިސާބުންވެސް، ބަލިވާނެކަން އެމީހުންނަށް އެނގޭކަމަށާއި، އަތޮޅުތަކުން ފެންނަ މަންޒަރުންވެސް އެކަން ޔަގީންވާ ކަމަށެވެ. ބަލިވާނެކަން އެނގޭތީ އިންތިޚާބާމެދު ސުވާލު އުފައްދަނީ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދުވެސް ސުވާލު އުފެއްދީ ބަލިވުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ދަށްވާނެކަން އެނގުނީ. ހަމަސާފުކޮށް އެނގުނީ ދަށްވާނެކަން. އެބޭފުޅުންގެ ހިސާބުތަކުން ވެސް އެނގުނީ ދަށްވާނެކަން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 2018ގަ ވެސް އިންތިޚާބު ނިމުނީމަ އެމީހުންގެ ހަރުގެ ދަށުގަ އެކި ފާޑުފާޑުގެ ވާހަކަ ދެއްކެވި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ސާލިހުގެ ކެމްޕޭން ދަތުރުފުޅުތަކުން ކޮންމެ ރަށަކުންވެސް ފެންނަމުންދަނީ ފިތްކަނޑައިގެން ދާވަރުގެ މަންޒަރުތަކެއް ކަމަށާއި، ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުންނަ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސާލިހު އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރައްވާނެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ، ރައްޔިތުން ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މުއިއްޒުއަށް ވޯޓުލުމަކީ އާންމު ދިވެހި ރައްޔިތުންނަށް ދެވޭ ބޮޑު ލަނޑެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެބޭފުޅާ ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި ގޮތަށް ކަމަށާއި، އެއަށްވުރެ ހަރުކަށިވެފައި އަނިޔާވެރިވާނެ ކަމަށެވެ. އަދި މިހާރުވެސް ދައްކަވަމުންދަނީ އިންތިޚާބު ކާމިޔާބުވެއްޖެ ކަމުގައިވާނަމަ ބޮޑެތި އަދަބުތައް ދޭ ގާނޫނުތައް ފާސްކުރައްވާނެ ވާހަކަކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ