ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 23:05
ވިނީޝިއަސް ޖޫނިއާ
ވިނީޝިއަސް ޖޫނިއާ
ރޮއިޓާސް
ރެއާލް މެޑްރިޑް
ވިނީޝިއަސް އަށް އަނިޔާވެ، 8 މެޗަށް ކުޅުމާ ދުރަށް
 
ވިނީޝިއަސް އަށް އަނިޔާވެފައިވަނީ ހުކުރު ދުވަހު ސެލްޓަ ވީގޯ ކައިރިން 1-0 ން މޮޅުވި މެޗުގައި

ރެއާލް މެޑްރިޑުގެ ވިނިސިއަސް ޖޫނިއާ އަށް އަނިޔާވެ، އަށް މެޗަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެކަމަށް އެ ކުލަބުން ބުނެފިއެވެ.

ވިނީޝިއަސް އަށް އަނިޔާވެފައިވަނީ ހުކުރު ދުވަހު ސެލްޓަ ވީގޯ ކައިރިން 1-0 ން މޮޅުވި މެޗުގައެވެ. އޭނާ އަށް ނުކުޅެވޭ މެޗުތަކުގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުވެސް ހިމެނެއެވެ. ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިނީގެ ޓެސްޓުތަކަށް ފަހު، ރެއާލް މެޑްރިޑް މެޑިކަލް ސާވިސަސް އިން ކުޅުންތެރިޔާގެ ކަނާތު ބައިސެޕްސް ފެމޮރިސް މަސްތަކަށް އަނިޔާވެފައިވާކަން އެނގިފައިވާ ކަމަށެވެ.

އަނިޔާގެ ސަބަބުން އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ހަ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ސްޕެނިޝް ލީގުގެ ހަ މެޗުގެ އިތުރުން، ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުވެސް އޭނާއަށް ގެއްލޭނެކަމަށް ބެލެވެއެވެ. މީގެއިތުރުން، ބޮލީވިއާ އާއި ޕެރޫ އާ ދެކޮޅަށް ސެޕްޓެންބަރު މަހު ބްރެޒިލް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުވެސް ވިނީއަށް ގެއްލޭނެއެވެ.

ސެލްޓަ ވީގޯ އާ ދެކޮޅަށް ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ ބަދަލުކޮށްފައެވެ. ރެއާލް މެޑްރިޑުގެ ފުރަތަމަ 11 ގައި ބޭނުންކުރަނީ ވިނީޝިއަސް އާއި ރޮޑްރިގޯ އެވެ. ވިނީޝިއަސްއަށް އަނިޔާވުމާއެކު، ދެން އެ މަގާމަށް ކުޅެން ހުންނާނީ ހޮސޭލޫ އެވެ.

ރެއާލް މެޑްރިޑަށް މި ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ އަލަށް އެ ޓީމާ ގުޅުނު ބެލިންހަމް އެވެ. އޭނާ ވަނީ ތިން މެޗުން ހަތަރު ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް