Advertisement
ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 19:22
ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން
ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗްކޮށްފި
މި ޕްލޭންގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުތަކަށްވެސް ފައިނޭންސްގެ ފުރުސަތުތައް ވަނީ ކަނޑައަޅާފަ
މި ޕްލޭންގައި 5 މަޤްސަދެއް ހިމެނޭ
މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމް

ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ލޯންޗްކުރި އެ ޕްލޭނަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޔޫއެސް އެއިޑްގެ އެހީތެރިކަމާއި އެކު ލޯންޗްކުރި ޕްލޭނެކެވެ.

މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމެވެ.

އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Advertisement

މި ޕްލޭންގެ އަލީގައި މުޖުތަމަޢުތައް މަރުކަޒުކުރުމާއި، ދިރުންތައް ދިރުވާ އާލާ ކުރުމުގެ އިތުރުން މޫސުމީ ބަދަލުތައް ދެނެގަނެ ދުނިޔެ ކުރިއަށް ގެންދެވޭނެ ތަސައްވުރެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެނައުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޓޫރިޒަމް ސިނާއަތަށް ކުރަމުންދާ އަސަރުތައް ދެނެގަނެ، އަޑަޕްޓިވް އެކްޝަންތައް ހެދުމަށް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.

މި ޕްލޭންގައި 5 މަޤްސަދެއް ހިމެނޭ އިރު އޭގެ ތެރޭގައި މުޖުތަމައުގެ ތަޖުރިބާތަކާއި އިސްކަންދޭ ކަންކަން އެއްކޮށްލުމާއި އެސެޓްސް ހިމާޔަތްކުރުމާއި، ގުދުރަތީ ދިރުންތައް އާލާކުރުން އަދި ވިޔަފާރީގެ މޮޑެލްތައް ތަފާތުކޮށް ދުނިޔޭގެ އިސްނެގުމާ އެއްގޮތައް ކަންކަން ކުރިއަށް ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން މި ޕްލޭންގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުތަކަށްވެސް ފައިނޭންސްގެ ފުރުސަތުތައް ވަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް