ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 16:03
 މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކުރި ފުރަތަމަ ލަނޑަށްފަހު ލުކާކޫ އުފާފާޅުކުރަނީ
މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކުރި ފުރަތަމަ ލަނޑަށްފަހު ލުކާކޫ އުފާފާޅުކުރަނީ
ޓްވިޓަރ
ކްލަބް ފްރެންޑްލީ
ކްލަބް ފްރެންޑްލީ: ލުކާކޫގެ ފުރަތަމަ ލަނޑުން ޔުނައިޓެޑުން ރިއަލް ސޯލްޓް ލޭކް ބަލިކޮށްފި
ރިއަލް ސޯލްޓް ލޭކްއާ ވާދަކޮށް ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއަކުން
މެންޗެސްޓާ ޔުނައިޓެޑް ދެން ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް

ކްލަބް ފްރެންޑްލީއެއްގައި ރޮމެލޫ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކުރި ފުރަތަމަ ލަނޑުން އެޓީމުން ރިއަލް ސޯލްޓް ލޭކް ބަލިކޮށްފި އެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗު ރިއަލް ސޯލްޓް ލޭކްއާ ވާދަކޮށް ޔުނައިޓެޑުން ކާމިޔާބުކުރީ ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުންނެވެ.

އެމެރިކާގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ ރިއަލް ސޯލްޓް ލޭކް އެވެ. މި ލަނޑު 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސިލްވާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖެފަސަން ސަވަރީނޯގެ އެހީތެރިކަމާއެކުގަ އެވެ.

އެހެންނަމަވެސް މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެސޭ ލިންޑަގާޑްގެ އެހީތެރިކަމާއެކު ހެންރިކް މިހްތަރިޔާން އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް ފަހަތުން އަރާ މެޗުގެ ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހެންރިކް މިހްތަރިޔާންގެ އެހީތެރިކަމާއެކު ކީޕަރު ނައްޓާލުމަށްފަހު އެވެ.

މެޗުގެ ދެވަނަ ހާފްގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

މެޗުގައި ޔުނައިޓެޑަށް އިތުރު ހުރަސްތަކާ ދިމާވީ 68 ވަ މިނެޓުގައި އެޓީމުގެ އެންޓޯނިއޯ ވެލެންސިއާއަށް ސީދާ ރަތް ކާޑެއް ދެއްކުމަށްފަހު ދަނޑުން ފޮނުވާލުމުންނެވެ.

އެހެންނަނަމަވެސް ޔުނައިޓެޑުން ވަނީ މޮޅު ޑިފެންސަކާއެކު ދެވަނަ ހާފް ހިފަހައްޓާ މެޗުން މޮޅުވެފައެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި އަންނަ ހުކުރު ދުވަހު ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ނިކުންނައިރު، މި މަހު 23 ގައި އެޓީމު ނިކުންނާނީ ރެއާލްއާ ދެކޮޅަށެވެ. އަދި 27 ވަނަ ދުވަހު އެޓީމު ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

 

- ކޮމެންޓް