Advertisement
ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 18:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްދޫގައި ވާހަކަފުޅުދައްކަަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްދޫގައި ވާހަކަފުޅުދައްކަަވަނީ
އެމްޑީޕީ
އިސްދޫގެ ތަރައްގީ
ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވައި، އިސްދޫ ކައިރީގައި ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
ދެން އާރުޓީއެލް ފެށޭނީ ލ އަތޮޅުގައި
ސިޓީ ހޮޓަލެއް އެޅުއްވުމަށް ވައުދުވެވަޑައިގެންނެވި

ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވައި، އިސްދޫ ކައިރީގައި ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ލ. އިސްދުއަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް ވައުދުވެވަޑައިގަތީ ތައްޔާރުވެވަޑައިގެން ކަމަށެވެ. އަދި އިސްދުއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ނިމެމުންދާކަމަށާއި، ދިގު ލިސްޓެއްވެސް ވިދާޅުވެވިދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރޭވުންތެރިކަމާއެކު ޕްލޭންކުރެވިގެން ކަންކަން ކުރުމުންވާ ގޮތް ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކަމަށެވެ.

ކުރިއަށް އޮތް ދައުރުގައި އިސްދުއަށް ކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި؛ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމަށް ހައުސިންގ ޕްރޮޖެކްޓެއް ހިންގުމާއި، ޓުއަރިޒަމް ތަރައްގީކުރުމަށް ސިޓީ ހޮޓަލެއް އެޅުމަށް ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން ތާރުނާޅައި ހުރި ހުރިހާ ބޮޑެތި މަގުތަކުގައި ތާރު އަޅުއްވާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް އާޓިފިޝިއަލް ބީޗެއް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޒުވާނުން ބޭނުންވާ ގޮތަށް ވޮލީ ކޯޓަކާއި އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅުއްވާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން ސިއްހީ މަރުކަޒުގެ ޚިދުމަތް ތަރައްގީކުރުމަށް އިތުރު ވަސީލަތް ބޭނުންވާއިރު، ރައްޔިތުން ބޭނުންވަނީ ހޮސްޕިޓަލެއް އެޅުމަށް ކަމުން އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލ އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅަން ނިންމާފައިވާއިރު، އެކަން ކުރައްވާނީ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

ޓުއަރިޒަމް ފުޅާކުރުމަށް ރިސޯޓެއް ތަރައްގީކުރުމުގެ އިތުރުން ދެން އެންމެ އަވަހަށް އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނީ ލ އަތޮޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް