ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 15:05
އައިއޯއައިޖީ 2023 - ސްވިމިން އިވެންޓުގެ ތެރެއިން
އައިއޯއައިޖީ 2023 - ސްވިމިން އިވެންޓުގެ ތެރެއިން
އެމްއޯސީ
އައިއޯއައިޖީ 2023
އާން، އިމާން އަދި ސައުސަން ފައިނަލަށް، ހަނާނަށް އިތުރު ޤައުމީ ރެކޯޑެއް
މިއީ މި ގޭމްސްގައި ހަނާން ޤައުމީ ރެކޯޑެއް އައު ކުރި ދެ ވަނަ ފަހަރު

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުރިއަށްދާ ސްވިމިން އިން ރާއްޖޭގެ މުޙައްމަދު އާން ޙުސެއިން، އިމާން އަލީ އަދި އައިޝަތު ސައުސަން ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހު ކުރިއަށް ދިޔަ އިވެންޓުތަކުގެ ތެރެއިން އާން ވާދަކޮށްފައި ވަނީ ފިރިހެން 50 މީޓަރު ބަޓަފްލައި ބައިގަ އެވެ. އާން އިވެންޓު ނިންމާފައި ވަނީ 27.34 ގެ ޓައިމިން އަކުންނެވެ. އިމާން ވާދަކޮށްފައި ވަނީ ފިރިހެން 400 މީޓަރު ފްރީ ސްޓައިލްގަ އެވެ. އެ އިވެންޓު އިމާން ނިންމާފައި ވަނީ 4:45.50 ގެ ޓައިމިން އަކުންނެވެ. ސައުސަން ވާދަކޮށްފައި ވަނީ އަނެހެން 100 މީޓަރުގެ ބެކްސްޓްރޯކް ބައިގަ އެވެ. ސައުސަން އިވެންޓު ނިންމީ 1:16.92 ގެ ޓައިމިން އަކުންނެވެ.

އާދިއްތަ ދުވަހު ކުރިއަށް ދިޔަ އެހެން އިވެންޓުތަކަށް ބަލާއިރު ރާއްޖޭގެ ހަނާން ހުސެއިން ޙަލީމް ވަނީ ޤައުމީ ރެކޯޑެއް ހަދައިފަ އެވެ. ހަނާން ވާދަކޮށްފައި ވަނީ އަންހެން 50 މީޓަރު ބަޓަފްލައި އިވެންޓުގަ އެވެ. ހަނާން ވަނީ 32.53 ގެ ޓައިމިން އަކުން އިވެންޓު ނިންމައިފަ އެވެ، މިއީ މި ގޭމްސްގައި ހަނާން ޤައުމީ ރެކޯޑެއް އައު ކުރި ދެ ވަނަ ފަހަރެވެ. ހޮނިހިރު ދުވަހު ހަނާން ރެކޯޑް ހެދީ އަންހެނުންގެ 100 މީޓަރު ބަޓަފްލައިގެ ބައިންނެވެ. އެ އިވެންޓުގައި ހަނާންގެ ޓައިމިންއަކީ 1.14.69 އެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ފެތުންތެރިން އަންނަނީ ރަނގަޅު ވާދައެއްކޮށް، ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

- ކޮމެންޓް