ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 07:30
ބީއެމްއެލް ސްޓާފް އެވޯޑްސް
ބީއެމްއެލް ސްޓާފް އެވޯޑްސް
ބީއެމްއެލް ސްޓާފް އެވޯޑްސް
ބީއެމްއެލް ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
 
ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވަރޑް ވަނީ ދީފައި

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެ ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާރލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

އެގޮތުން ހުޒާތު ޢަލީ (ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް) ވަނީ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ. މާކެޓިންގ ޓީމާއި ބަދުރުއްދީން ޙަސަން (ހެޑް އޮފް ރީޓެއިލް ބޭންކިންގ އެންޑް ކާރޑްސް) ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ. ފާތިމަތު ޙަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް) ބެސްޓް ލީޑަރ އެވޯޑް ހޯދިއިރު މުޙައްމަދު ޝާޢިގް އަޙްމަދު (ކަސްޓަމަރ ސަރވިސް މެނޭޖަރ) ވަނީ ބޭސްޓް މެނޭޖަރު އެވޯޑް ހޯދާފައެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. އޭގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.  

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާރލް ސްޓުމްކަ ވަނީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވާ، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް