ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 08:42
އިންޓަ އަށް ކުޅެމުން އައި އާޖެންޓީނާގެ ޔަކީން ކޮރެއާ
އިންޓަ އަށް ކުޅެމުން އައި އާޖެންޓީނާގެ ޔަކީން ކޮރެއާ
ޓްވީޓަރ
މާސޭ
ލޯނު އެއްބަސްވުމެއްގެ ދަށުން ޔަކީން ކޮރެއާ މާސޭ އަށް
 
ކުރިއަަށް އޮތް ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް މާސޭ ކޮލިފައިވެއްޖެ ނަމަ، ދާއިމީ އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ކޮރެއާ ހޯދޭނެ

އިންޓަ މިލާނަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ޔަކީން ކޮރެއާ ފްރާންސް ލީގުގެ މާސޭ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ މާސޭ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން، މި ސީޒަންގެ ނިޔަލަށެވެ. އޭނާ މާސޭ އަށް ބަދަލުވީ ދެ މިލިއަން ޔޫރޯގެ ޑީލެއްގެ ދަށުންނެވެ. މި ސީޒަނަށްފަހު، ކުރިއަަށް އޮތް ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް މާސޭ ކޮލިފައި ވެއްޖެ ނަމަ، ދާއިމީ އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ކޮރެއާ ހޯދޭނެ އެވެ. މާސޭގައި ކޮރެއާ ބޭނުން ކުރާނީ 20 ނަންބަރު ޖާޒީ އެވެ. އެ ކުލަބުން މިހާރު ވަނީ ކޮރެއާ ހޯދިކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

ކޮރެއާ އެންމެ ފުރަތަމަ 2021 ވަނަ އަހަރު އިންޓަ އަށް ބަދަލުވީ ވެސް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު އޭނާ ވަނީ އެކުލަބާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ތިން އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 76 މެޗުގައި 10 ލަނޑު ޖަހާފަ އެވެ. އެ ކުލަބާއެކު ކޮރެއާ ވަނީ އިޓާލިއަން ކަޕް ދެ ފަހަރު، އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އިންޓަ އިން މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް