Advertisement
ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 08:33
ކާށިދޫ ދަނޑު ބިމެއް
ކާށިދޫ ދަނޑު ބިމެއް
ރާއްޖެއެމްވީ
ސިނާއީ ދަނޑުވެރިކަމުގެ މަންފާ
ބާރުވެރި އިގްތިސާދު: ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަކި ދެ މިނިސްޓްރީއެއް ހަމަޖައްސާނެ
ދަނޑުވެރިންނަށް ބޭނުންވާ މައިކްރޯފައިނޭންސިންގ ސްކީމްތައް ތައާރަފްކުރާނެ
ދަނޑުވެރިންނަށް ބޭނުންވާ ބިން ހޯދައިދޭނެ
ދަނޑުވެރިންގެ ތަފްސީލީ ދަފްތަރެއް އެކުލަވާލާނެ

ދަނޑުވެރިކަމާއި އަދި މަސްވެރިކަމަށް ވަކި ދެ މިނިސްޓްރީއެއް ހަމަޖައްސައި، ސަރުކާރު ސިޔާސަތު އަދި ޕްރޮޖެކްޓްތައް އެ ސިނާއަތާ ގުޅޭ ގޮތަށް ބައްޓަންކުރަން، ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިޙުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތުގައި ކަނޑައަޅައިފިއެވެ.

''ސިނާއީ ދަނޑުވެރިކަމުގެ މަންފާ''ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ކުދި ދަނޑުވެރިންނަށް ބޭނުންވާ މައިކްރޯފައިނޭންސިންގ ސްކީމްތައް ތައާރަފްކޮށް، ދަނޑުވެރިންނަށް ބޭނުންވާ ބިން ހޯދައިދިނުމަށް އިސްކަންދިނުމާއި، ރާއްޖޭގެ ރަށްތަކުގައި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް، ހާއްސަކޮށް ހޯމް ބޭސްޑް އަންހެން ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވެއެވެ.

އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިކަމުގެ ވަސީލަތްތަކާއެކު އެކަމަށް ޚާއްސަ ރަށްތައް މުޅިން އަލަށް ތަރައްގީކޮށް، ދަނޑުވެރިންނަށް އެ ރަށްތަކުގައި ދަނޑުވެރިކަންކޮށް ޔަގީންކަމާއެކު ދަނޑުވެރިކަމުގެ ނަފާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިންއެއް ގާއިމުކޮށް، ދިވެހި ދަނޑުވެރިންނަށް ދިވެހި މާރކެޓާއި، ރިސޯޓުތަކާއި، ބައިނަލްއަގްވާމީ މާކެޓްތަކާއި ގުޅުވައިދޭނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން ބިން ނެތް އަތޮޅުތަކަށް ޚާއްސަކޮށް އިނޮވޭޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމަށާއި ވަރޓިކަލް އަދި ހައި-ޑެންސިޓީ ފާމިންގ ފަދަ ދަނޑުވެރިކަން ފުޅާކުރުމަށް ފަންނީ އަދި މާލީ އެހީތެރިކަން ހަމަޖައްސައިދޭނެ ކަމަށެވެ. މިއާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މުޅި އަހަރު ތެރޭގައި ހައްދާ ތަރުކާރީ އާއި މޭވާ ލިބިގެންދާނެ އިންތިޒާމު ފަހިވެގެންދާނެ އެވެ.

ދަނޑުވެރިކަމާ އަދި މަސްވެރިކަމަށް ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާއިރު، ދަނޑުވެރިންގެ ތަފްސީލީ ދަފްތަރެއް އެކުލަވާލާ ދަނޑުވެރިންގެ އުފެއްދުންތައް ހިސާބުކުރެވި، އިމްޕޯޓް ސަބްސްޓިޓިއުޝަންގައި ބައިވެރިވާ ދަނޑުވެރިންނަށް އިންސެންޓިވްތަކެއް ދެވޭނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާން ޖީލެއް ވެއްދުމުގެ ގޮތުން "އެގްރިޕްރިނިއާސް" އުފެއްދުމުގެ ޕްރޮގްރާމެއް ތައާރަފްކުރުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތެރިކަމާއި ނަފާ އިތުރުކުރުމަށާއި ރާއްޖެއިން ބޭރުން އިމްޕޯޓުކުރުމަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ބަލާ، އިމްޕޯޓް ސަބްސްޓިޓިއުޝަނަށް ކަނޑައަޅާ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ދަނޑު ގޮވާން ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ބިންތަކަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ޤައުމީ ދަނޑުގޮވާން އިންޝުއަރެންސް ސްކީމް" ތައާރަފް ކުރުމަށް ވެސް ސިޔާސަތުގައި ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް