Advertisement
ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 08:41
އަލިފާނުގެ ހާދިސާއެއް ހިނގުން
އަލިފާނުގެ ހާދިސާއެއް ހިނގުން
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން
މާފަންނުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މި ހާދިސާއާ ގުޅިގެން މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވޭ
އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެފައި ވަނީ 08:23 ހާއިރު
އެ ހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން ވަނީ ހަރަކާތްތެރިވެފައި

މާފަންނުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މ.ހުދުކަނީރުގޭގެ ގުދަނެއްގައެވެ. ރޯވެފައި ހުރީ ހާޑްވެއަރ ސާމާނު ރައްކާ ކުރާ ގުދަނެއްގައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައި ވަނީ 7:45 ހާއިރު ކަމަށެވެ.

Advertisement

އެ ހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން ވަނީ ހަރަކާތްތެރިވެފައެވެ.

އެގޮތުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެފައި ވަނީ 08:23 ހާއިރެވެ.

މި ހާދިސާއާ ގުޅިގެން މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް