Advertisement
ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 20:32
ރައީސް ޞާލިހް ރ. މަޑުއްވަރީއަށް ވަޑައިގަންނަވާ އިރު ކަނޑުމަތިން މަރުހަބާ ދަންނަވަނީ
ރައީސް ޞާލިހް ރ. މަޑުއްވަރީއަށް ވަޑައިގަންނަވާ އިރު ކަނޑުމަތިން މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ރައީސްގެ ކެމްޕޭން
މަޑުއްވަރީން ރައީސަށް މަރުހަބާ ދަންނަވަން ފެށީ ކަނޑުމަތީ ޕެރޭޑަކުން
މިއީ މިހާތަނަށް ފެނުނު ތަފާތު ހަރަކާތް
މަޑުއްވަރީން ވެސް ރައްޔިތުން ވަނީ ދިގު ކިއު ދަމާލާ މަރުހަބާ ކިޔާފައި

"އުފާވެެރި އަމާންރާއްޖެ"ކެމްޕޭނަށް ރ. މަޑުއްވަރީއަށް ފުރާ ވަޑައިގަތުމުން، ކަނޑުމަތިން ރައީސްއަށް ތަފާތު މަރުހަބާއެއް ދަންނަވައިފިއެވެ.

Advertisement

ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. މީދޫއަށް ފަހު ދެން ދަތުރުފުޅު ފެއްޓެވީ މަޑުއްވަރީއަށެވެ. އެމަނިކުފާނު މަޑުއްވަރީއަށް ވަޑައިގެންނެވި މަގުމަތީގައި ކަނޑުމަތިން މަޑުއްވަރީގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ކަނޑުމައްޗަށް ނުކުމެ ޕެރޭޑެއް ގޮތަށް ރައީސަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް ޞާލިހް ރ. މަޑުއްވަރީއަށް ވަޑައިގަންނަވާ އިރު ކަނޑުމަތިން މަރުހަބާ ދަންނަވަނީ - އެމްޑީޕީ

އެގޮތުން ކުދި ޑިންގީތަކާއި ލޯންޗް ތަކުގައި އެމްޑީޕީގެ ދިދައާއި، އުފާވެރި އަމާންރާއްޖެ ލޯގޯ ޖަހާފައިވާ ދިދަތައް ޖަހައިގެން ވީ ޝޭޕަށް ރައީސްގެ ލޯންޗް ކޮޅުގެ ފަހަތުން ދުއްވާފައިވެއެވެ. މި ޕެރޭޑުގައި ވިއްސަކަށް އުޅަނދު ބައިވެރިވިއެވެ.

ރައީސްގެ ލޯންޗުކޮޅު މަޑުއްވަރީ ބަނދަރަށް ވަންނަންދެން އެ ލޯންޗްތަކާއި ޑިންގީތަކުގައި ދިޔައީ ލަވަޖަހާ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.

ރައީސް ޞާލިހް ރ. މަޑުއްވަރީއަށް ވަޑައިގަންނަވާ އިރު ކަނޑުމަތިން މަރުހަބާ ދަންނަވަނީ - އެމްޑީޕީ

މި ހަރަކާތަކީ މިހާތަނަށް ރައީސްގެ ކެމްޕޭންގެ ތެރެއިން ފެނުނު ތަފާތު ހަރަކާތެވެ. އަދި އެމަނިކުފާނު މަޑުއްވަރީއަށް ވަޑައިގެންނެވި އިރު އެެރަށުން ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް