Advertisement
ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 12:59
ރައީސް ޞާލިހު ބ. ކުޑަރިކިލުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހު ބ. ކުޑަރިކިލުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކުޑަރިކިލުގެ ތަރައްގީ
ބ.ކުޑަރިކިއްޔަށް ސިއްހީ، ތައުލީމީ އަދި އިތުރު ދާއިރާތަކުން މުހިންމު ވައުދުފުޅުތަކެއް
ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް ފެނަކައިން އެ މަސައްކަތްކޮށް ނެޓްވޯކް ބަދަލުކުރުން
ސްކޫލަށް ބޭނުންވާ އިތުރު ވަސީީލަތްތައް ހޯދާ މަލްޓިޕަރޕަސް ހޯލެއް އެޅުން

ބ. ކުޑަރިކިއްޔަށް ސިއްހީ، ތައުލީމީ އަދި އިތުރު ދާއިރާތަކުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވައުދުފުޅުތަކެއް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާއަށް ބ. ކުޑަރިކިއްޔައް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަކީ އަޅާނުލެވި ބާކީ ކޮށްފައި އޮތް ރަށެއް ކަމަށެވެ. އަދި މިދިޔަ 5 އަހަރުގައި ގިނަ މަސައްކަތްތަކެއް ކުރެވި ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރަށް ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކުޑަރިކިއްޔަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް

- ސިއްހީ މަރުކަޒު ފުޅާކޮށް އިތުރު ވަސީލަތްތައް ގާއިމްކުރުން

- ސްކޫލަށް ބޭނުންވާ އިތުރު ވަސީީލަތްތައް ހޯދާ މަލްޓިޕަރޕަސް ހޯލެއް އެޅުން

- ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން

Advertisement

- އޭޓީއެމްގެ ހިދުމަތް

- ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް ފެނަކައިން އެ މަސައްކަތްކޮށް ނެޓްވޯކް ބަދަލުކުރުން

- ފުޓްބޯޅަ ދަނޑު ތަރައްގީކުރުން

- ކުޑަކުދިންގެ ޕާކް

ރައީސް ވިދާޅުވީ މި ވައުދުތަކަކީ ހަމަތިއްބަވާފައި ވިދާޅުވާ އެއްޗެއް ނޫން ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ޓެކްސް ދައްކަނީ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެއްވަން ކަމަށެވެ. އެއީ ސަރުކާރުންކޮށްދޭން ޖެހޭ ކަމެއް ކަމަށާއި، އެ ފައިސާ އެހެން ކަމަކަށް ބޭނުންކުރައްވާކަން ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފަސޭހައިން ހޯދޭނެ ގޮތްތައް ހަމަޖައްސަވައިދެއްވަން ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް