ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 23:59
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕު
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕު
އަސްކޮއި ހައްޖު އެންޑް އުމްރާ
ފަރީ އަސްކޮއި ޢުމުރާ ގްރޫޕު އުމްރާ ދަތުރު
ފަރީ އަސްކޮއި ޢުމުރާ ގްރޫޕުން ރަމަޟާން މަހުގެ އުމްރާއަށް ޚާއްސަ ޕްރޮމޯޝަނެއް
 
މުޅި ރަމަޟާން މަހު އުމްރާވާން ބޭނުންވާ ފަރާތްތަކުން 39،990 ރުފިޔާ ދެއްކުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
 
އިތުރު މައުލޫމާތު ބޭނުންވާނަމަ 9110909 /9632514 ނަންބަރުން އިތުރު މައުލޫމާތު ލިބޭނެ
 
ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި ހިލޭ 3 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު މައްކާ އަދި މަދީނާގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެ

1445 ވަނަ އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެގްރޫޕްގެ ވެރިޔާ ފަރީދާ ހަސަން ވިދާޅުވީ މި ޕްރޮމޯޝަން ކުރިޔަށްދާނީ ސެޕްޓެމްބަރ 1 ގެ ކުރިން ފައިސާ ދައްކާ ފަރާތްތަކަށެވެ. އެގޮތުން މުޅި ރަމަޟާން މަހު އުމްރާވާން ބޭނުންވާ ފަރާތްތަކުން 39،990 ރުފިޔާ ދެއްކުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަންގެ ބޭރުން ރަމަޟާން މަހު އުމްރާ ވާން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މުޅި ރަމަޟާން މަހު އުމްރާވުމަށް 43،500 ރުފިޔާ ދައްކަންޖެހޭއިރު ފަހު ފަނަރަ ދުވަހު އުމްރާވާން ބޭނުންވާ ފަރާތްތަކުން 38،500 ރުފިޔާ، ރަމަޟާން މަސް އަދި ހަ ރޯދައިގައި އުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކުން 46،000 ރުފިޔާ ދެއްކުމުން އެފުރުސަތު ލިބިގެންދާނެއެވެ.

އަސްކޮއި - އަސްކޮއި ހައްޖު އެންޑް އުމްރާ

ފަރީ އަސްކޮއި އުމްރާ ގްރޫޕުން ދޭ ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި ހިލޭ 3 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު މައްކާ އަދި މަދީނާގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޝައިޚުންގެ ދީނީ އިރުޝާދާއެކު ތާއިފް ޖިއްދާ އަދި ބާޒާރު ދަތުރުތައް ކުރެވޭއިރު ދިވެހިންނަށް ކަމުދާގޮތަށް ކެޔުން ލިބޭނެއެވެ.

މީގެއިތުރުން ޑިސެމްބަރ މަހާއި އޮކްޓޯބަރ މަހަށް ޚާއްސަކޮށް އުމްރާ ދަތުރުތަކެއް ވަނީ ޚާއްސަކޮށްފައެވެ. އޮކްޓޯބަރ މަހާއި ޑިސެމްބަރ މަހު އުމްރާއަށް ދިޔުމަށް ދައްކަންޖެހެނީ 28،500 ރުފިޔާއެވެ.

އަސްކޮއި - އަސްކޮއި ހައްޖު އެންޑް އުމްރާ

ފަރީ ވިދާޅުވީ ފައިސާ ބަހާލައިގެންވެސް ދެއްކޭނެއެވެ. އުމްރާ ވާން ބޭނުންވާ ފަރާތްތަކުން ގޫގުލްފޯމުމެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ. ރަޖިސްޓްރީކުރުމަށް ފީއެއް ދައްކަންނުޖެހޭނެކަމަށްވެސް ފަރީ ވިދާޅުވިއެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ 9110909 /9632514 ނަންބަރުން އިތުރު މައުލޫމާތު ލިބޭނެކަމަށް ފަރީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
50%
0%
50%
ކޮމެންޓް