ކ. މާލެ
|
16 މާރޗް 2024 | ހޮނިހިރު 10:53
ފަރީ ޢުމްރާ ގްރޫޕް
ފަރީ ޢުމްރާ ގްރޫޕް
ރަމަޟާންމަހުގެ ޢުމްރާ
މި އަހަރުގެ ރަމަޟާންމަހުގެ ޢުމްރާއަށް، ފަރީ ޢުމްރާގެ ފުރަތަމަ ގްރޫޕް ފުރައިފި
 
ޖުމްލަ 135 ޢުމްރާވެރިން ބައިވެރިވެފައިވޭ
 
ބަދަލު ޢުމްރާ ކޮށްދިނުމުގެ ޚިދުމަތްވެސް ދޭގޮތަށް ވަނީ ހަމަޖެހިފައި
 
ޢުމްރާވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަ ރޯދައިގެ ތެރޭގައި

މިއަހަރުގެ ރަމަޟާންމަހުގެ ޢުމްރާއަށް ފަރީ ޢުމްރާގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ.

މި ޢުމްރާވެރިން ފުރާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ފަރީ އުމްރާ ގްރޫޕްގެ ވެރިޔާ ފަރީދާ ޙަސަން ވިދާޅުވީ، ފަރީ ޢުމްރާ ގްރޫޕުގެ ހަވާލުގައި ޖުމްލަ 135 ޢުމްރާވެރިން ބައިވެރިވެފައިވާއިރު، މީގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 50 ބައިވެރިން ހުކުރު ދުވަހު ފުރާފައިވާ ކަމަށެވެ. އަދި މި ގްރޫޕުގެ ހަވާލުުގައި ފުރާ ދެވަނަ ބެޗާއި ތިންވަނަ ބެޗު ފުރުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހު ކަމަށްވެސް ފަރީދާ ވިދާޅުވިއެވެ.

މި ޢުމްރާގައި ހިލޭ ތިން ޢުމްރާއާއި އިތުރު ޢުމްރާ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ލިބުމުގެ އިތުރުން، މައްކާއާއި މަދީނާގެ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަން ބެލުމުގެ ފުރުސަތުވެސް އުމްރާވެރިންނަށް ލިބޭނެއެވެ. އަދި މީގެ އިތުރުން ޖިއްދާ ބާޒާރު ދަތުރާއި ޠާއިފަށް ޒިޔާރަތްކޮށް އެތަންތަން ބެލުމުގެ ފުރުސަތުވެސް ޢުމްރާވެރިންނަށް ލިބޭނެއެވެ. އަދި ޢަޤީޤާ ކަތިލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ހަމައެއާއެކު، ބަދަލު ޢުމްރާ ކޮށްދިނުމުގެ ޚިދުމަތްވެސް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅޭގޮތުން ފަރީދާ ވިދާޅުވީ، ޢުމްރާއަށް ދެވުުމުގެ އެއްވެސް އުއްމީދެއް ނެތް މުސްކުޅި، ގައިބާރު ދެރަ މީހުންނަށާއި، އަދި ދުނިޔޭގައި ނެތް މީހެއްގެ މައްޗަށް ޢުމްރާ ކޮށްދިނުމަށް އެދޭނަމަ މި ގްރޫޕަށް ދެންނެވުމުން އެކަމާ ގުޅޭ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޙަރަމްފުޅާ ކައިރިން ޢުމްރާވެރިންގެ ތިބުން ހަމަޖެހިފައި ވާކަމަށާއި، ދިވެހި ކައްކާއިން ތައްޔާރުކުރާ މީރު ދިވެހި ކެއުންވެސް ލިބޭނެކަމަށް ފަރީދާ ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ޢުމްރާގައި ބައިވެރިވާ ޢުމްރާވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޝައްވާލު މަހު، ހަ ރޯދައިގެ ތެރޭގައެވެ.

މި އަހަރުގައި އިތުރު ހަތަރު ޢުމްރާއެއްގައި ބައިވެރިވުމުގެ ފުރުސަތު ފަރީ ޢުމްރާ ގްރޫޕުން ވަނީ ހުޅުވާލާފައެވެ. އެގޮތުން، މެއި މަހުގެ "ސްކޫލް ބޮޑު ޗުއްޓީ ޢުމްރާ"، ޖުލައި މަހުގެ "މުޙައްރަމް ޢުމްރާ"، ސެޕްޓެމްބަރު މަހުގެ "ސްކޫލް ފުރަތަމަ ޓާމް ޗުއްޓީ ޢުމްރާ", އަދި ޑިސެންބަރު މަހުގެ "ޑިސެންބަރު ޢުމްރާ" ދަތުރުތައް އޮންނާނެއެވެ.

މި ހުރިހާ ޢުމްރާ ދަތުރުތަކެއްގައި ވެސް ހަމަ އެއް ޚިދުމަތްތަކެއް ލިބޭނެކަން ފަރީދާ ވަނީ ފާހަގަކުރައްވާފައެވެ.

ޢުމްރާގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރޭޝަން ލިންކް:https://forms.gle/vqn6pZFnJD99LhDL7މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9110909 އަދި 9632514 މި ދެ ނަންބަރު މެދުވެރިކޮށް ހޯދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
0%
50%
ކޮމެންޓް