ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 17:32
ޑޮލަރު
ޑޮލަރު
ރާއްޖެއެމްވީ
ޑޮލަރު ރޭޓު
ޑޮލަރުގެ އެކްސްޗޭންޖް ރޭޓު ބޮޑުކުރަން އެއްވެސް ގައުމަކުން ނާންގާ، އެއީ ހަގީގަތާ ޚިލާފު ވާހަކައެއް: މިއުވާން
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތަކެއް
ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓު، 25 ރުފިޔާއަށް މަތިކުރަން ބޭރު ގައުމަކުން ލަފާ ދިންކަމަށް ނޫހަކުން ވަނީ ރިޕޯޓްކޮށްފައި

ރާއްޖޭގެ ޑޮލަރު އެކްސްޗޭންޖް ރޭޓު ބޮޑުކުރުމަށް އެއްވެސް ގައުމަކުން އަންގާފައި ނުވާކަމަށާއި، އެގޮތަށް އެންގިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓު، 25 ރުފިޔާއަށް މަތިކޮށް، ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެގޮތުން، "ރާއްޖެ އެމްވީ" އަށް މިއުވާން ވިދާޅުވީ، ޑޮލަރުގެ އެކްސްޗޭންޖް ރޭޓު ބޮޑުކުރުމަށް ބޭރު ގައުމަކުން އެންގިކަމަށް ބުނެ މީޑިއާއަކުން ފަތުރާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެފަދަ ކަމަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްގައި ބޭރުގެ އެއްވެސް ގައުމަކާ މަޝްވަރާކުރަން ނުޖެހޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޑޮލަރު އެކްސްޗޭންޖް ރޭޓު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިންނެވެ. އެ އިދާރާއިން ކަނޑައަޅާފައިވާ ގޮތުގައި ރާއްޖޭގެ ބޭންކުތަކުގައި އެކްސްޗޭންޖް ރޭޓު ހުންނަން ޖެހޭނީ 15.42ރ. ގައެވެ.

- ކޮމެންޓް