ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 12:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
އެމްޑީޕީ
ރައީސް ބ އަތޮޅަށް
ދޮންފަނު ރައްޔިތުންގެ 10 އަހަރު ދުވަހުގެ ކަންބޮޑުވުންތަކަށް ޙައްލެއް ގެނެސްދިނީ މި ސަރުކާރުން: ރައީސް
އެ ރަށުން ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވޭ
2008 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދޭތެރޭގައިވެސް ރައްޔިތުން ބޭނުންވި ކަންކަމަށް އަޅާލުމެއް ދީފައި ނެތް

ބ. ދޮންފަނު ރައްޔިތުންގެ 10 އަހަރު ދުވަހުގެ ކަންބޮޑުވުންތަކަށް ޙައްލެއް ގެނެސްދިނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބ ދޮންފަނުގައި ބޭއްވެވި ބަނދަރު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުން ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން 75 އިންސައްތަ ތާއީދު އެރަށުން އެފަހަރުވެސް ލިބިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދޭތެރޭގައިވެސް އެރަށު ރައްޔިތުން ބޭނުންވި ކަންކަމަށް ސަރުކާރުތަކުން އަޅާލުމެއް ދީފައިނުވާ ކަމަށެވެ. އެގޮތުން ލަފާ ފުރުމުގެ ދަތިކަމާއި، ރަށް ގިރުމާއި، ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ އިތުރުން އިންޖީނުގެއާއި ފެނާއި ނަރުދަމާގެ ލިސްޓަކީ 2013 ވަނަ އަހަރުގެ އިންތިޚާބު އައިއިރުވެސް އަދި 2018 ވަނަ އަހަރާއި ހަމައަށް އައިއިރުވެސް ފުރިހަމަ ނުކޮށްދެވި ހުރި ކަންކަމުގެ ލިސްޓެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ބޮޑުބައި މިހާރު ފުއްދަވައިދެވިފައިވާ ކަމަށެވެ. އެކަންކަމުގެ ބޭނުންތެރިކަން ރައްޔިތުންނަށްވެސް މިއަދު ތަޖުރިބާ ކުރެވެމުންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކުރީ ސަރުކާރުތަކުގައި ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ޒަރޫރީ ބޭނުންތަކަށް އެއްވެސް އަޅާލުމެއް ބަހައްޓާފައިނުވާ މިންވަރު އެކަންކަމުން ދޭހަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިތާހުރެ މި ވާހަކަދައްކަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެ ދުވަހުވީ ވައުުދުތަކުގެ ބޮޑުބައެއް ގިނަ ކަންތަކެއް މިއަދު ވަނީ ނިމި ރައްޔިތުންނަށް އޭގެ ބޭނުން ކުރެވޭ ވަރު ވެފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް ވަނީ އެރަށަށްވެސް ކުރިއަށް އޮތް ތަނުގައިވެސް ތަރައްޤީގެ ގިނަ ވިސްނުންފުޅުތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ.

- ކޮމެންޓް