ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 10:26
ތިއެރީ އޮންރީ
ތިއެރީ އޮންރީ
ގެޓީ އިމޭޖަސް
ތިއޭރީ އޮންރީ
ފްރާންސްގެ ޒުވާން ޓީމުގެ ކޯޗުކަން އޮންރީ އަށް
އޮލިމްޕިކްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރާނީ ވެސް އޮންރީ

ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރީގެ ފޯވަޑް ތިއޭރީ އޮންރީ އަށް ދީފި އެވެ.

1998 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ހޯދައިދިން ފޯވަޑް އޮންރީގެ ކުރިން ކޯޗުކަމުގައި ހުރީ ސުލްވިއަން ރިޕޯލީ އެވެ.

އުމުރުން 46 އަހަރުގެ އޮންރީ މީގެ ކުރިން ކޯޗިން ދާއިރާއިން ފެނުނީ ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށާއި ފްރާންސްގެ މޮނާކޯ އާއި މޮންޓްރިއަލްގަ އެވެ.

21 އަހަރުން ދަށުގެ ކޯޗު ނަމަވެސް އަންނަ އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރާނީ އޮންރީ އެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ދެ އަހަރު ދުވަހަށް އޮންރީ އަށް ކޯޗުކަން ދިނުމުގެ މައިގަނޑު ސަބަބަކީ ވެސް މި މުބާރާތަށް ތައްޔާރުވުން ކަމަށެވެ.

މީގެ އިތުރުން 2025 ވަނަ އަހަރު ބާއްވާ 21 އަހަރުން ދަށުގެ ޔޫރޯ އަށް ތައްޔާރުވުމަށް ޓީމު ތައްޔާރުކުރާނީ ވެސް އޮންރީ އެވެ.

ފްރާންސްގެ ފެޑަރޭޝަނުން ބުނީ އޮންރީ އަށް ކޯޗުކަންދިނީ ފްރާންސްގެ ކުރީގެ ވަރަށް ގިނަ ކުޅުންތެރިންގެ ސީވީ ދިރާސާކުރުމަށްފަހު ކަމަށެވެ.

އާސެނަލް އަދި ބާސެލޯނާ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިދިން އޮންރީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 123 މެޗުން 51 ގޯލު ޖަހައިދީފަ އެވެ.

- ކޮމެންޓް