ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 09:46
އޮންރީ އަދި އެމްބާޕޭ
އޮންރީ އަދި އެމްބާޕޭ
ޓްވިޓަރ
ކީލިއަން އެމްބާޕޭ
އެމްބާޕޭގެ ދިފާއުގައި އޮންރީ ވާހަކަ ދައްކައިފި
 
އެމްބާޕޭ، ނޭމާ އަދި މެސީއާ ތިން ކުޅުންތެރިން އެއްކޮށް ކުޅޭނެ ގޮތެއް ހޯދުމަކީ ޕީއެސްޖީގެ ކޯޗުގެ ޒިންމާއެއް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ ދިފާއުގައި ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ ވާހަކަ ދައްކައިފިއެވެ.

ސަޕޯޓަރުންގެ ނުރުހުން އެމްބާޕޭ އަށް އަމާޒުވެފައިވާ ވަގުތެއްގައި އޮންރީ ބުނީ އެމްބާޕޭ ސާބިތުކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އޮންރީ ބުނީ ޕީއެސްޖީގައި އެމްބާޕޭ އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ޖެހޭނެ ކަމަށާއި، ފެށުނީއްސުރެ އެމްބާޕޭ އެކަން ދައްކާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެމްބާޕޭ، ނޭމާ ޖޫނިއަރ އަދި ލިއޮނެލް މެސީއާ ތިން ކުޅުންތެރިން އެއްކޮށް ކުޅޭނެ ގޮތެއް ހޯދުމަކީ ޕީއެސްޖީގެ ކޯޗުގެ ޒިންމާއެއް ކަމަށެވެ.

އޮންރީ ބުނީ އަބަދުވެސް ޕީއެސްޖީގައި ބަހުސް ކުރުން އޮންނާނެ ކަމަށާއި، ކޮންވެސް މައްސަލައެއް އޮންނާނެކަމަށެވެ. މޮންޓެޕިއޭ އަތުން 5-2 އިން މޮޅުވި ނަމަވެސް، އެމްބާޕޭގެ މައްސަލަ ދެއްކީ ކަން ފާހަގަކޮށް އޭނާ ބުނީ، ފާއިތުވި އަހަރު އެކަން ކުރިމަތިވީ ނޭމާއަށް ކަމަށެވެ. އޮންރީ ފާހަގަ ކުރި ގޮތުގައި އެކަން އަބަދުވެސް އެގޮތުގައި އޮންނާނެއެވެ.

ނިމުނު ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށް އެމްބާޕޭ ސްޕެއިންގެ ރެއާލަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ. ނަމަވެސް ފަހު ވަގުތު ރެއާލަށް ބަދަލުނުވާން ނިންމައި އޭނާ ވަނީ ޕީއެސްޖީގައި މަޑުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ބާރުތަކެއް ވެސް ދީފައެވެ.

މި ސީޒަނުގެ ލީގުގައި ކުޅުނު ދެ މެޗުން ވެސް ޕީއެސްޖީ ވަނީ މޮޅުވެފައެވެ. އޭގެ ތެރެއިން އެމްބާޕޭ ކުޅެފައިވަނީ އެންމެ މެޗެއްގައެވެ. އެ މެޗުގައި އޭނާ ވަނީ ލަނޑެއް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
13%
38%
13%
0%
13%
ކޮމެންޓް