ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 09:54
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝެއިޚު އުސްމާން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ސުކޫތެއް ބާއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝެއިޚު އުސްމާން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ސުކޫތެއް ބާއްވައިފި
ޝެއިޚު އުސްމާން އަބްދުﷲ އަވަހާރަވުން
ކުރީގެ މެންބަރު ޝެއިޚު އުސްމާން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ސުކޫތެއް ބާއްވައިފި
ދީނީ މައުލޫމާތު ފެތުރުމަށާއި ދިވެހި ސަރުކާރަށް ދިގު މުއްދަތަކަށް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވާ
އަންގާރަ ދުވަހުގެ ޖަލްސާ ފެށި އިރު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވީ 28 މެންބަރުން
އަލްމަރްޙޫމް ޝެއިޚު އުސްމާން އަބްދުﷲ ވަނީ 23 ފެބްރުއަރީ 1980 އިން 23 ފެބްރުއަރީ 1985ގެ ނިޔަލަށް މިލަދުންމަޑުލު އުތުރުބުރީގެ މެންބަރުކަން އަދާކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝެއިޚު އުސްމާން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ސުކޫތެއް ބާއްވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފެށި އިރު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވީ 28 މެންބަރުންނެވެ.

މަޖިލީހުގެ ހުރިހާ މެންބަރުން ވެސް އެ ސުކޫތުގައި ބައިވެރިވެވަޑައިގަތެވެ. އަލްމަރްޙޫމް ޝެއިޚު އުސްމާން އަބްދުﷲ ވަނީ 23 ފެބްރުއަރީ 1980 އިން 23 ފެބްރުއަރީ 1985ގެ ނިޔަލަށް މިލަދުންމަޑުލު އުތުރުބުރީގެ މެންބަރުކަން އަދާކުރައްވާފައެވެ. އަދި 1980ގައި އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ޝެއިޚު އުސްމާން ވަނީ ކުރައްވާފައެވެ.

އުމުރުން 85 އަހަރުގައި ޝެއިޚު އުސްމާން އަބްދުﷲ އަވަހާރަވީ އާދިއްތަ ދުވަހުގެރޭގެ ފަތިހުގެ ވަގުތެއްގައެވެ. އާއިލާއާ ޙަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އަވަހާރަވީ ފަތިސްނަމާދު ކުރައްވަން ވުލޫއު ކުރައްވައިގެން ނަމާދަށް ތައްޔާރުވެ ހުންނަވަނިކޮށެވެ. ޝެއިޚު އުސްމާން އަބްދުﷲއަކީ މަޖިލީހުގައި ޚިދުމަތްކުރެއްވުމުގެ އިތުރުން ރާއްޖޭގެ ޒަކަތާބެހޭ އޮފީހުގެ އިސްވެރިޔާގެ މަޤާމުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ދީނީ މައުލޫމާތު ފެތުރުމަށާއި ދިވެހި ސަރުކާރަށް ދިގު މުއްދަތަކަށްއެމަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ.

- ކޮމެންޓް