ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 21:31
ބިން ހިއްކުމުގެ މަޝްރޫއުހެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން
ބިން ހިއްކުމުގެ މަޝްރޫއުހެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން
އެމްޓީސީސީ
ފުނަދުއާއި ކިނބިދޫ ބިން ހިއްކުން
ށ. ފުނަދުއާއި ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
މި ދެ ރަށުން 25 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ

ށ. ފުނަދުއާއި ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ، ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1185 މީޓަރުގެ ޑްރެއިނޭޖް ބައޮސްވާލްއެއް ގާއިމުކުރުމާއި، 35,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 139.72 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމަށް ބޭނުންވާ 306,162 ކިއުބިކް މީޓަރުގެ ވެލި ނެގުމާއި 1528 މީޓަރުގެ ޑްރެއިނޭޖް ބައޮސްވާލެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 148.20 މިލިއަން ރުފިޔާއަށް 340 ދުވަހުގެ ތެރޭގައި ނިންމުމަށް މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެވެސް އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

- ކޮމެންޓް