Advertisement
ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 16:59
ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުން
ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުން
ރައީސް އޮފީސް
ބ. ފުޅަދުއާއި ފެހެންދުއަށް ރައީސް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ، ބ. ފުޅަދުއާއި ފެހެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
މި ދެރަށުގެ ބަނދަރާއި ފުޅަދޫ އިންޖީނުގެއާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ބ. ފުޅަދުއާއި ފެހެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިދެރަށުގެ ބަނދަރާއި ފުޅަދޫ އިންޖީނުގެއާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ، އެމަނިކުފާނު މިއަދު މާޅޮސްމަޑުލުގެ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތިއާއި ބަނދަރު ބައްތިޖަހައި، 558 އަކަމީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ.

އަދި ބަނދަރު ރަށާ ގުޅާލުމަށްޓަކައި، 68.3 މީޓަރު ދިގު އަދި 10 މީޓަރު ފުޅާ ބްރިޖެއް ވަނީ އަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފުޅަދޫ ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 538 ކިލޯވޮޓެވެ. ފުޅަދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް އިމާރާތްކޮށްފައިވަނީ، ރަށުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައެވެ.

Advertisement

ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހައި، 558 އަކަމީޓަރުގެ ޕޭވްމެންޓް ވަނީ ހަދާފައެވެ. އަދި ބަނދަރު ރަށާއި ގުޅާލުމަށްޓަކައި، 57.7 މީޓަރު ދިގު އަދި 10 މީޓަރުފުޅާ ބްރިޖެއް ވަނީ އަޅާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް