ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 14:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
މަޖިލީހުގެ ޖަލްސާ އެއް މާދަމާ - އެޖެންޑާގައި، އަނެއްކާވެސް އޮތީ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލު
މަޖިލީހުގެ އިދާރާއިން ވަނީ އެ ޖަލްސާގެ އެޖެންޑާ ވެސް ވަނީ އާއްމުކޮށްފަ
އެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް
ހޯމަ ދުވަހުގެ ޖަލްސާގައި ވެސް ކޮމިޓީގެ މަސައްކަތް ކޮށްފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ދެ ވަނަ ޖަލްސާ އަންގާރަ ދުވަހަަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ އެ ޖަލްސާގެ އެޖެންޑާ ވެސް އާއްމުކޮށްފައެވެ. ހޯމަ ދުވަހު ބޭއްވި މި ދައުރުގެ ފުރަތަމަ ޖަލްސާ އަށް ވެސް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ތާވަލްކުރިއެވެ. ހޯމަ ދުވަހު އެހެން ކަމެއް އެޖެންޑާގައި ހިމަނާފައި ނެތެވެ. ނަަމަވެސް ހޯމަ ދުވަހުގެ ޖަލްސާގައި ވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވަނީ ވެސް އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.

އެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 ށެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި، މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނީ 22 ޖޫން 2023 ވީ ބުރާސްފަތި ދުވަހު އެވެ. މަޖިލީހުގެ ދެވަނަ ދައުރު ނިންމާލީ، މަޖިލީހުގައި މަސައްކަތްތައް ނުނިމި ހުރުމާއެކު ދައުރު ދިގުދަންމާލުމަށް މެމްބަރުން އެދިވަޑައިގަންނަވަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ 03 ޖުލައި 2023 ވީ ހޯމަ ދުވަހުގެ ހެނދުނެވެ. އަދި އެދުވަހުގެ ޖަލްސާ ވެސް 3 މިނެޓުގެ ތެރޭގައި ނިންމާލިއެވެ.

އެގޮތުން ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާ 10 ޖުލައިގައި ދުވަހު ކުރިއަށް ގެންގޮސް، ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭ ރިޕޯޓު ފާސްކޮށްފައިވެއެވެ. އަދި އެ ބަދަލާއި އެއްގޮތަށް ޕާޓީތަކުން ވަނިީ ކޮމިޓީތަކަށް މެމްބަރުންގެ ނަން ވެސް ފޮނުވާފައެވެ. އެހެންނަމަވެސް މިއީ ޑިމޮކްރެޓްސް މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެ ކުރީގައި ގެންނެވި ބަދަލެއް ކަމަށް ހޯމަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ދަފްތަރުގައި ޑިމޮކްރެޓްސް މިހާރު ރަޖިސްޓްރީކޮށްފައިވާތީ އެހެން މެމްބަރުން އެޕާޓީއަށް ވެދެވަޑައިގަންނަވާ ނަމަ އެ ސިޓީ ފޮނުވާދެއްވުމަށް އެ ޕާޓީގެ މެމްބަރުން ގެ ކިބައިން ނަޝީދު އެދިވަޑައިގެންނެވިއެވެ. އެކަން ކުރުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ކަނޑައެޅި، ކޮމިޓީތަކުގައި ހުރި އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ވަގުތު ކަނޑައެޅޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މެމްބަރުން އެކަމާއި ނުރުހުން ފާޅުކުރަން ފެށުމުން މަޖިލީސް ހޫނުވެ ޖަލްސާ ވަނީ ނިންމާލާފައެވެ.

- ކޮމެންޓް