Advertisement
ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 15:00
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފެހެންދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފެހެންދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރިޔާސީ އިންތިހާބު
ރައީސް މުއިއްޒަށް: އަސާސީ ޚިދުމަތްތައް ގާއިމްނުކޮށް 7 އަހަރު ކީއްތޯ ކުރެއްވީ؟
ސްކޫލް ބޮޑުޗުއްޓީ އަހަރުގެ މެދު ތެރެއަށް ބަދަލުކުރީ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތައް މަޝްވަރާއެއް ކުރުމަށްފަހުގައި
ގުޅީފަޅުން ގޯއްޗާއި ފުލެޓް އަތުލި މީހަކު އެތަން ހަދަން އެވާހަކަ އެބަދައްކާ
ތާކުންތާކު ޖެހޭ އެއްވެސްކަމެއް ކުރައްވަން މުއިއްޒަށް ވައުދުވެވަޑައިނުގެންނެވޭ

7 އަހަރު ޕްލޭނިިންގ މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އަސާސީ ހިދުމަތްތައް ގާއިމް ނުކުރައްވާ ހުންނެވީ ކީއްވެގެންތޯ ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފާޑުވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ބ. ފެހެންދޫއަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މިދަނީ ރިޔާސީ އިންތިހާބުގެ ފަހު ދުވަސްކޮޅު ކަމަށާއި، ތަފާތު ވައުދުތައް ކެންޑިޑޭޓުންވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުޑަކޮށްވެސް ބަލާލަންޖެހޭ ބަޔަކަށް ތިބޭނީ ޕީއެންސީ ކަމަށެވެ. ރައީސް ވިދާޅުވީ ޕީއެންސީގެ މެނިފެސްޓޯގައި އެ ބުނާ ވާހަކަ ކޮންމެވެސް ވަރަކަށް ބަލާލަން ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މާބޮޑު ވިޝަނެއް އަދި ސިޔާސަތެއް ނެތް ކަމަށާއި، ދެންތިބި ކެންޑިޑޭޓުންނަކީ ދެވަނަ ބައިބައި ކޮށްލައިގެން ދެވަނަ ބުރަކަށް ގެންދިއުން ކަމަށާއި، އަމިއްލަ ފައިދާއަށް އުޅޭ ބައެއް ކަމަށެވެ. ރައީސް ވިދާޅުވީ އެމީހުންގެ މަގްސަދަކީ އެކަކަށް ނުވަތަ ދޭކަށް އަންނަ ބަޔަކާއި އެކީ ކޯލިޝަން ހަދައިގެން ސަރުކާރުގެެ ތެރެއިން ވަޒިފާ ހޯދައިގެން ނުވަތަ އަމިއްލަ ފައިދާއަށް ކޮންމެވެސް ކަމެއް ކުރުން ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ކިރިޔާވެސް ބަލާލަން ޖެހޭނީ ޕީއެންސީއަށް ކަމަށާއި، ބައެއް ކަންކަން އިއުލާން ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ވިދާޅުވީ ސްކޫލް ބޮޑުޗުއްޓީ އަހަރުގެ މެދު ތެރެއަށް ބަދަލުކުރީ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތައް މަޝްވަރާއެއް ކުރުމަށްފަހުގައި ކަމަށެވެ.

މުއިއްޒު ޖެހިގެން އައި ދުވަހު ނުކުމެވަޑައިގެން އަނެއްކާ ވިދާޅުވީ ކުރިން އޮތްގޮތަށް ބަދަލުކުރައްވާނަމޭ. ރޭގަ ވިދާޅުވީ ތިމަންނަގެ ސަރުކާރެއްގައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ބަރާބަރަށް ގާއިމްކުރައްވާނަމޭ. ބަލަ މިއޮތް ހުރިހާ ދުވަހު ކީއްތޯ ކުރެއްވީ. ރާއްޖޭގެ ޕްލޭނިންގ މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާއެއީ. ނިކުމެވަޑައިގެން އެ ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދެއްވާނަމޭ. ބަލަ ނުފެނޭތޯ މިރަށްރަށުގައި ފެނާ ނަރުދަމާ ނެތްތަނެއް. ކަރަންޓުގެ ހިދުމަތް ނުލިބިގެން މީހުންގެ ޓީވީތަކާއި އައިސްއަަލަމާރިތަކާއި އެއަރކޮންޑިޝަންތައް ފުނޑުފުނޑުވެގެން ދިޔަތަން. ދެން އަނެއްކާ އަނެއް ވާހަކައަކަށް ދެންނެވީ ގުޅީފަޅުން މި ސަރުކާރުގައި ދީފައި ހުރި ގޯތިތައް ހަދައިދެއްވާނަމޭ.

ރައީސް ވިދާޅުވީ މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރީ ސަރުކާރުން ދީފައި ހުރި ގޯތިތައް އަތުލެއްވި ކަމަށް ވިދާޅުވެފައެވެ. އެއަށް ބަދަލެއް ވެސް ނުލިބޭ ކަމަށާއި، އެއިރުގެ އެމްޑީޕީގެ ސަރުކާރުން ކޮންޓްރެކްޓް ހެދި މީހުންނަށް ދޭންޖެހޭ ލާރިވެސް ނުދެއްވާ ކަމަށާއި، އެއިރު ދޫކޮށްފައި ހުރި ފްލެޓްތައް ވެސް އަނބުރާ ނެންގެވި ކަމަށެވެ. ރައީސް ވިދާޅުވީ އެމީހުންނަށް މި ސަރުކާރުން ބަދަލުދޭންޖެހުނު ކަމަށާއި، މިއަދު އަނެއްކާ ވެސް އެ ވިދާޅުވަނީ އެތަނުގައި ތިމަންނާ ގެ އަޅުއްވައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ލިސްޓް ކިތައްމެއް ވަރަކަށް ވެސް ކިޔާލެވިދާނެ ކަމަށާއި، ތާކުންތާކު ޖެހޭ އެއްވެސްކަމެއް ކުރައްވަން މުއިއްޒަށް ވައުދުވެވަޑައިނުގެންނެވޭ ކަމަށެވެ. ރައިސް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ވެސް ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދެއްވާނީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް