Advertisement
ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 11:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފުޅަދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފުޅަދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ފުޅަދޫގެ ތަރައްގީ
ފުޅަދޫގައި ސަރުކާރުގެ މުވައްޒަފުންނަށް އެކަމަޑޭޝަނާއި އިތުރު ވައުދުފުޅުތަކެއް
ބަނދަރު ތެރޭގައި ކުދި ޑިންގީ އަދި ކުދި ދޯނިތައް އެޅުމަށް ފްލޯޓިންގ ޖެޓީއެއް ހެދުން
ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކުރުން

ބ. ފުޅަދޫގައި މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންނަށް އެކަމަޑޭޝަނާއި، ޒުވާނުންނާއި ރައްޔިތުންނަށް އަންނަ ދައުރުގައި އިތުރު ވައުުދުފުޅުތަކެއް އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބ. ފުޅަދޫއަށް ވަޑައިގެން ބޭއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކުރައްވާ މަސައްކަތުގައި ފުޅަދޫއަށް ވެސް އަންނަ ދައުރުގައި ކުރައްވަން ގަސްދުކުރައްވާ ކަންކަން އެބަހުރި ކަމަށެވެ.

ރައީސް ފުޅަދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

- ކުރިއަށް އޮތް ދައުރުގައި ގޮއިދޫ ފުޅަދޫ ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހުޅުވާދެއްވުން

- ކުދި ޑިންގީ އަދި ކުދި ދޯނިތައް އެޅުމަށް ފްލޯޓިންގ ޖެޓީއެއް ހެދުން

- ޒުވާނުންނަށް ވޮލީ ކުޅެވޭނެ އިންޑޯ ވޮލީކޯޓެއް ގާއިމްކުރުން

- ރަށުގެ ރައްޔިތުން އެއްތަނަކަށް އެއްވެ ބައްދަލުކޮށް އުފާވެރި މާހައުލެއްގައި އުޅުމަށް ކޮމިއުނިޓީ ސެންޓްރެއް ގާއިމްކުރުން

Advertisement

- ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކުރުން

- ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށް އެކަމަޑޭޝަން ބްލޮކެއް އެޅުން

- ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމްކުރުން

ރައީސް ވިދާޅުވީ އެއް ފަޅަކަށް އޮންނަ ފުޅަދޫ ފެހެންދޫ އަދި ގޮއިދޫއަކީ އެކަހެރިކޮށްފައި އޮތް 3 ރަށް ކަމަށެވެ. މި ރަށްތައް ކުރީގެ ސަރުކާރުތަކުން ބޭނުންކުރީ މީހުން އަރުވާލާ ރަށްތަކެއްގެ ގޮތުގައި ކަމަށާއި، މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ކުދިކުދި ރަށްތަކަށް އަޅާލާާފައި ނެތް ކަމަށާ އެރަށްތައް ބޭނުންކުރަމުން ދިޔައީ އެމީހުންގެ މުހުތާދަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ 2018 ވަނަ އަހަރު ވީ ވައުދަކީ ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ނެތި ހިދުމަތް ދިނުން ކަމަށެވެ. ފުޅަދޫއަކީ އަސާސީ ހިދުމަތްތައް ދިނުމުގައި ނަމޫނާ ރަށެއް ކަމަށާއި، މިހާރު ކުރައްވަމުން ގެންދަވާ ކަންތައްތަކާއެކު ފުޅަދޫގެ އިގްތިސާދު 3 ގުނަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ ދައުރަށް އަންނަނީ ވައުދުތަކެއް ވެވަޑައިގަންނަވަމުން ކަމަށެވެ. އެންމެ މުހިންމު ކަމަކީ އަމާން އުފާވެރި މުޖްތަމައުއެއް ބިނާކުރެއްވުން ކަމަށާއި، މި5 އަހަރު ތެރޭގައި މިދަނީ އެކަމުގެ ބިންގާ އެޅެމުން ކަމަށެވެ. އަދި ފެނާ ނަރުދަމާ، ބަނދަރު އަދި ސިއްހީ ހިދުމަތުގެ ކަންކަންވެސް އެދަނީ ހައްލު ވަމުން ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް