ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 06:33
ޕީއެސްޖީން ޓޫލޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ
ޕީއެސްޖީން ޓޫލޮސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ
ރޮއިޓާރސް
ފްރާންސް ލީގު
އެމްބާޕޭ އާއެކު ވެސް ޕީއެސްޖީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
 
ރަށުން ބޭރުގައި ޓޫލޮސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެން

އައު ސީޒަންގެ ފްރާންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ އެވެ.

އައު ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި ލޮރިއެންޓާ ވާދަކުރިއިރު، އެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ޓޫލޮސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ މެޗާ ޚިލާފަށް މި މެޗުގައި ޒުވާން ކުޅުންތެރިޔާ ކީލިއަމް އެމްބާޕޭ އަށް ވަނީ ފުރުސަތު ދީފަ އެވެ. ޕީއެސްޖީގެ އެއްބަސްވުމުގެ ކަންތަކުގައި ޖެހުނު މައްސަލައިގެ ސަބަބުން ފުރަތަމަ މެޗުން އޭނާ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް އެ މެޗު އެއްވަރުވުމުން، ފުރަތަމަ ޓީމުގެ ފަރިތަކުރުންތަަކުގައި އެމްބާޕޭ ބައިވެރި ކުރީ ގިނަ މަޝްވަރާތަކަށްފަހު އެވެ.

މެޗުގައި އެމްބާޕޭ އަށް ފުރުސަތު ދިނީ ބެންޗުންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި އޭނާ ކުޅެން ނިކުތީ ލީ ކަން އިންގެ ބަދަލުގަ އެވެ. އޭގެ ފަހުން 62 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެމްބާޕޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ޓޫލޮސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަބޫޚަލް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

ލީގުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ޕީއެސްޖީ އަށް ލިބިފައި ވަނީ ވެސް ދެ ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އެއް ވަނައިގައި އޮތީ ބްރެސްޓް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް