ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 15:09
ނައިފަރު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރުން
ނައިފަރު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރުން
ޕްލޭނިން މިނިސްޓްރީ
ނައިފަރު ބިން ހިއްކުން
ނައިފަރު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
 
ކޮންޓްރެކްޓް އަގަކީ 141,299,506.08 ރުފިޔާ
 
މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 20.95 ހެކްޓަރުގެ ބިން ހިއްކުން ހިމެނޭ

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓުގެ އަގަކީ ކޮންޓްރެކްޓް އަގަކީ 141,299,506.08 ރުފިޔާއެވެ. ކޮންޓްރެކްޓު ނިންމަން ދީފައިވަނީ 330 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 20.95 ހެކްޓަރުގެ ބިން ހިއްކުމާއި، 359 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 1600 މީޓަރު ބޭރުތޮށި ޖެހުމާއި، 180 މީޓަރު ގްރޮއިން ޖެހުން ހިމެނެއެވެ.

މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
13%
0%
25%
13%
0%
ކޮމެންޓް