ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 07:25
ލީގުގައި އަލް އިއްތިފާގުން ކުޅުނު މެޗުގެ ތެރެއިން
ލީގުގައި އަލް އިއްތިފާގުން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
ދެވަނަ މެޗުންވެސް މޮޅުވެ، އަލް އިއްތިފާގު ކުރިއަށް
ދެވަނަ މެޗުގައި އަލް ހަޒްމާ ވާދަކޮށް މޮޅުވީ 2-0ން

އައު ސީޒަންގެ ސައުދީ ޕްރޯ ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، އަލް އިއްތުފާގު ހަމަޖެހިލައިފިއެވެ.

ލީގުގެ ދެވަނަ މެޗުގައި އަލް އިއްތިފާގު ނިކުތީ އަލް ހަޒްމާ ދެކޮޅަށެވެ. އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0ންނެވެ. ލީގުގެ ފުރަތަމަ މެޗުގައި އަލް އިއްތުފާގުން ވަނީ ވާދަވެރި އަލް ނަސްރުގެ މައްޗަށްވެސް ކުރި ހޯދާފައެވެ.

އަލް ހަޒްމާ ދެކޮޅާށް ކުޅުނު މެޗުގައި އަލް އިއްތިފާގުން އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ 17 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ރޮބިން ގައިސަންއެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައި އަލް ނަސްރު ކޮޅަށްވެސް ލަނޑު ޖަހާފައެވެ. އޭގެ ފަހުން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނުމަށްވެސް ގައިސަންއަށް ވަނީ ފުރުސަތު ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ބޯޅައަކަށް ހުރަސްއެޅީ އަލް ހަޒްމުގެ ގޯލް ކީޕަރެވެ. މެޗުގައި އަލް އިއްތުފާގުގެ ދެވަަނަ ލަނޑު އެ ޓީމުން ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ވިކްޓޯ ވިނީޝިއަސްއެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގު ތާވަލްގެ ދެވަނާގައެވެ. އެއްވަނާގައި އޮތް އަލް އަހްލީ ސައުދީއަށް ވެސް ހަ ޕޮއިންޓު ލިބޭއިރު، އެ ޓީމު ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. ލީގުގައި އަލް އިއްތިފާގަށް ދެން އޮންނާނީ އޯގަސްޓު މަހުގެ 24 ވަނަ ދުވަހު އަލް ޚަލީޖާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް