ހުޅުމާލޭގައި އާއްމުން ދިރިއުޅޭ ގެތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާޢިދަށްބަދަލް ގެނެސްފިއެވެ.
ހުޅުމާލޭގައި ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން އިމާރާތް ކުރެވެނީ ޓެރަސް އާއި އެކު ހަތް ފަންގިފިލާ އަށެވެ.
އާބަންކޯ އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ އުސޫލު ބަދަލުކޮށް، 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މިބަދަލާ އެކު 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެއެވެ.
މީގެ އިތުރުން ޕާކިންގެ އައު ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހެއެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް އެއް ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހެއެވެ. އަދި ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 0.8 އަކާއި ދެ މީޓަރެވެ. އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 އަކާއި 4.8 މީޓަރެވެ.
އާބަންކޯއިން ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.