ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 08:26
ވަލްވާޑޭ (ކ) އާއި ކްރޫސް: ޓީމުން ޖާގަ ލިބޭނީ ކޮންމެވެސް އެކަކަށް
ވަލްވާޑޭ (ކ) އާއި ކްރޫސް: ޓީމުން ޖާގަ ލިބޭނީ ކޮންމެވެސް އެކަކަށް
ގޫގުލް
ރެއާލް މެޑްރިޑް
ފުރަތަމަ 11އިން ޖާގަ ލިބޭނީ ކޮންމެވެސް އެކަކަށް: އެންޗެލޯޓީ
މެދުތެރޭގެ ތިން ޖާގަ ވަނީ ފައިނަލްވެފައި

ޓޯނީ ކްރޫސް އާއި ފޭޑް ވަލްވާޑޭކުރެ ރެއާލް މެޑްރިޑްގެ ފުރަތަމަ 11އިން މި ސީޒަނުގައި ޖާގަ ލިބޭނީ ކޮންމެވެސް އެއް ކުޅުންތެރިއަކަށް ކަމަށް ކޯޗު ކާލޯ އެންޗެލޯޓީ އަންގައިފި އެވެ.

ރެއާލް މެޑްރިޑްގެ މިޑްފީލްޑްގައި ހަތަރު ކުޅުންތެރިން ލައްވައި އެންޗެލޯޓީ ދަނީ ކުޅުވަމުންނެވެ. މީގެ ތެރެއިން ތިން ޖާގަ ވަނީ ކަށަވަރުވެފަ އެވެ. އެއީ ޒުވާން މިޑްފީލްޑަރުން ކަމަށްވާ އެޑުއާޑޯ ކަމަވިންގާ އާއި އައުރެލިއެން ޗުއާމެނީ އާއި މި ސީޒަނަށް އަލަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. މިހެންވެ ބާކީ ޖާގަ ލިބޭނީ ކްރޫސް ނުވަތަ ވަލްވާޑޭއަށްކަން އެ ދެ ކުޅުންތެރިންނާ ބައްދަލުކޮށް އެންޗެލޯޓީ އަންގާފައިވަނީ މި ހަފުތާގައި ސީޒަން ފެށުމުގެ ކުރިންނެވެ.

ކްރޫސް އާއި ވަލްވާޑޭ އަކީ ސްޓައިލް ތަފާތު ދެ ކުޅުންތެރިންނެވެ. ކްރޫސް އަކީ ޕާސް ކުރުމާއި މެދުތެރެ ކޮންޓްރޯލްކޮށް ކުޅުވައިދޭ ކުޅުންތެރިއެކެވެ. ވަލްވާޑޭ އަކީ މެދުތެރޭގެ އެކި މަގާމުތަކަށް ކުޅެވޭ އެޓޭކާ ޑިފެންސްގައި ވެސް މުހިންމު ކުޅުންތެރިއެކެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ކްރޫސް ވަނީ 2014 ވަނަ އަހަރު ރެއާލްއާ ގުޅުނު ފަހުން 417 މެޗު ކުޅެދީ 27 ގޯލު ޖަހާފަ އެވެ. ވަލްވާޑޭ ވަނީ 56 މެޗުން 12 ގޯލު ޖަހައިފަ އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ޓީމުގައި ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ވެސް މެދަށް ކުޅެން އެބަހުއްޓެވެ.

- ކޮމެންޓް