ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 09:48
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ
ރޮއިޓާސް
އަލް ހިލާލް
ނޭމާ، އަލް ހިލާލަށް ބަދަލުވުމާ ގާތަށް
 
އެ ކުލަބުން މިހާރު ވަނީ މެޑިކަލްގެ ކަންކަމަށް ތައްޔާރުވެފައި

ފްރާންސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ބަދަލުވުމާ ގާތަށް ޖެހިލައިފި އެވެ.

ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުވާން ނޭމާ އުޅޭ ކަމުގެ އަޑުތަކެއް ފެތުރެމުން ދަނިކޮށް، އަލް ހިލާލުން ވަނީ އޭނާ ހޯދުމުގެ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭނާ ހޯދުމުގެ މަޝްވަރާތައް ޕީއެސްޖީ އާއެކު ކުރުމަށްފަހު، އަލް ހިލާލުން ވަނީ ރަސްމީ ލިޔެކިޔުންތައް ވެސް ނޭމާ އަށް ފޮނުވައިފަ އެވެ. އެެހެންކަމުން ނޭމާގެ ފަރާތުން އަންނަނީ ލިޔެކިޔުންތައް ބެލުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ކުލަބުން ނޭމާ ހޯދަން ބޭނުންވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނޭމާ ހޯދުމުގެ މަސައްކަތުގައި އޭނާ އެ ކުލަބަށް ބަދަލުވާނެ ކަމުގެ އިތުބާރު އަލް ހިލާލަށް ބޮޑު ވެފައިވާ ކަމަށާއި، އެ ކުލަބުން މިހާރު މެޑިކަލްގެ ކަންކަމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ނޭމާ، އެންމެ ފަހުން އެ ކުލަބާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް އެ ކުލަބުގައި އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ. ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގެ ފެބްރުވަރީ މަހު ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ އަށް ސާޖަރީއެއް ކުރަން ޖެހުނުއިރު، ސީޒަންގެ ބާކީބައި އެއްކޮށް ވަނީ ގެއްލިފަ އެވެ. އެ ފަހަރު ނޭމާ ވަނީ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ކޮށްފަ އެވެ.

ޕީއެސްޖީ އަށް ބަދަލުވެ ނޭމާ ވަނީ އެ ކުލަބަށް މިހާތަނަށް ކުޅެދިން 173 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް