Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 14:08
ރައީސް ނ. މަގޫދޫގައި
ރައީސް ނ. މަގޫދޫގައި
އެމްޑީޕީ
ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު
ސިޔާސީ ބޭނުމެއްނެތި ކުރީ ސަރުކާރުތަކުން އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް: ރައީސް
ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމިއްލަ ގޯތިތަކުގައި ގެ އެޅުމަށް ހައުސިން ފަންޑުން ފަންޑު ހަމަޖައްސަދެއްވާނެ ކަމަށް ވިދާޅުވި
އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މަގުސަދަކަށްވީ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން
މަގޫދޫ އަކީ ވެސް އާބާދީ ކުޑަވުމުގެ ސަބަބުން ކުރީ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައި އޮތް ރަށެއް

ސިޔާސީ ބޭނުމެއްނެތި ކުރީ ސަރުކާރުތަކުން އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ. މަގޫދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ރަށަކީ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައި އޮތް ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުތަކުން ބެލީ ކުރިއަށް އޮތް އިންތިޚާބުގައި ގިނަ ވޯޓު ލިބެނީ ކޮން ރަށަކުންތޯ އާއި ކަންކަން ކޮށްފައިވަނީ އެގޮތަށް ބަލައިގެން ކަމަށެވެ.

ކުރީ ސަރުކާރުތަކުން ސިޔާސީ ބޭނުމެއްނެތި ރަށްރަށަށް ކަންކަން ކޮށް ނުދިން ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މަގުސަދަކަށްވީ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 2008 ވަނަ އަހަރުގެ އިންތިޚާބުގައި ރަށުގެ ރައްޔިތުން މިސްކިތެއް އަޅައިދޭން އެދުނުއިރު އޭގެ ފަހުން ދެ ވެރިކަން ނިމިގެންދިޔައިރު އެކަން ނުކޮށް އޮތުމަށްފަހު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ މިސްކިތުގެ މަސައްކަތް ހިމެނިވަޑައިގަންނަވާނެކަން ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގެ މައްސަލަ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭން ރައްޔިތުން އެދިފައިވާއިރު އެކަން ވެސް މިހާރު ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތަކީ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އިގްތިސާދީ ފައިދާތައް ވެސް ލިބޭ ކަންކަން ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާ އާއި ކަރަންޓާއި ލަފާ ފުރުން ފަސޭހަވުމުން އިގްތިސާދީގޮތުން ރަށަށް ފައިދާ ކުރާނެ ކަމަށާއި ފަތުރުވެރިކަން ފައްކާ ކުރުމަށް މަގޫދޫ ރައްޔިތުން އިންވެސްޓް ކުރުމަށް ތައްޔާރަށް ތިއްބެވުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވަނީ ދެވަނަ ދައުރެއްގައި މަގޫދޫއަށް ކޮށްދެއްވާނެ ކަންކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމިއްލަ ގޯތިތަކުގައި ގެ އެޅުމަށް ހައުސިން ފަންޑުން ފަންޑު ހަމަޖައްސަދެއްވާނެ ކަމަށާއި ސްކޫލުގެ ވަސީލަތްތައް އިތުރުކުރުމަށް މަލްޓިޕާޕަސް ހޯލެއް އަޅައިދީ ސިއްހީ މަރުކަޒު އަޕްގްރޭޑުކޮށް އެކްސްޓެންޝަން އިމާރާތަކާއި ލެބޯޓްރީއެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. '

މީގެ އިތުރުން މަގޫދޫ ރައްޔިތުންނަށް ޕިކްނިކް ދެވޭނެ ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީ ކުރައްވާނެ ކަމަށާއި މިއާއެކު ރަށަށްދާ ފަތުރުވެރިން އިތުރުވެ ރައްޔިތުންނަށް އިތުރު އާމްދަނީ ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް