Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 05:49
ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު
ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު
ރާއްޖެއެމްވީ
އުފާވެރި އަމާން ރާއްޖެ މަނަދޫ ޖަލްސާ
އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު
ކޮވިޑާއެކު މެނިފެސްޓޯގައި ހުރި ބައެއް ކަންކަން ރިވައިސްކުރަންޖެހުނު ކަމަށް ނިޔާޒު ވިދާޅުވި

އެމްޑީޕީއަކީ އަބަދުވެސް މެނިފެސްޓޯ އާއެކު މަސައްކަތްކުރާ ބައެއްކަމަށާއި ރައްޔިތުންގެ ޚިޔާލު ހޯދައިގެން ސިޔާސަތުތައް އެކުލަވާލާ ބައެއްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނ.މަނަދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން މެނިފެސްޓޯ އެކުލަވާލުމަށްފަހު ވެރިކަމަށް އައުމަށްފަހު މެނިފެސްޓޯގައި ހުރިކަންކަން ތަންފީޒުކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލާކަމަށެވެ. އޮނިގަނޑުގެ ތެރެއަށް ފަސް އަހަރުގެ ތެރޭގައި އެކަންކުރާނެ ގޮތް އެކުލަވާލާކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement

ނަމަވެސް މިފަސް އަހަރު ދިމާވި ކަމެއް ވާދަވެރިން ހަނދާން ނައްތާލާފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ. ކޮވިޑްގެ އާލަމީ ވަބާގެ ވާހަކަ މެނިފެސްޓޯގައި ނޯންނާނެކަމަށާއި އެކަމުން އަރައިގަންނާނެ ގޮތްވެސް މެނިފެސްޓޯގައި ނޯންނާނެކަމަށް ނިޔާޒު ވިދާޅުވިއެވެ. އެކަމުން އަރައިގަނެވުނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މެނިފެސްޓޯގައި ހުރި ބައެއް ކަންކަން ރިވައިސްކުރަންޖެހުނު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޭގެނަތީޖާއަކަށް ވެގެންދިޔައީ ކުރިން އެކުލަވާލާފައި އޮތް މެނިފެސްޓޯގައި ކުރަން ހުރި ބައެއް ކަންކަން ރިވައިސްކުރަން. އަލުން ތަރުތީބުކުރުން. އޭރު ނިންމަން ހުރި ބައެއް މަޝްރޫޢުތައް ބުނި ތާރީޚުތަކުގައި ނުނިމޭ. އެހެންނަމަވެސް އުފާވާ ކަމަކީ މިދައުރު ނިންމާލެވޭއިރު އެމެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންކަން ގާތްގަނޑަކަށް 90 އިންސައްތަ ކަންކަން ހާސިލުވެގެންދާތީ. އެތެރެއިން ކުރި ދަތިތަކާއި ބޭރުން ކުރި ދަތިތަކާއި ޕާޓީގެ ތެރޭގައި އޮތް ކޯޅުންތަކާއެކުވެސް މި ފަސް އަހަރު ނިންމާލެވެނީ ކާމިޔާބު ކަމާއެކުކަން އެއީ ޝައްކުކުރާ ކަމެއްނޫން. އެކަމުގެ ނަތީޖާ ރަށްރަށުން ފެންނަމުންދަނީ.
ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު

ނިޔާޒު ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ސިޔާސަތަކީ ލާމަރުކަޒުކުރުންކަމަށެވެ. އެކަން ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާއެކު ވަރަށް ބޮޑަށް މި ފަސް އަހަރު ހާސިލުކުރެވިފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް