ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 23:08
ކެނދިކުޅުދޫ ހޮސްޕިޓަލުގެ ބިންގާ އެޅުން
ކެނދިކުޅުދޫ ހޮސްޕިޓަލުގެ ބިންގާ އެޅުން
ރާއްޖެއެމްވީ
ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލް
ކެނދިކުޅުދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފި
 
193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ މި މަސައްކަތް 18 މަސް ދުވަހުން ނިންމަންޖެހޭ
 
ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ

ނ. ކެނދިކުޅުދޫގައި ސަރުކާރުން ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

ހޮސްޕިޓަލުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި، ކެނދިކުޅުދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. ކެނދިކުޅުދޫ ހޮސްޕިޓަލްގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ދިވެހި ހަކީމީ ބޭސްވެރިޔާ ތޮޅެންދޫ ހަސަން ގާސިމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމާއި، އެރަށުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި އިސް ރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، އެކޮމަޑޭޝަން ބިލްޑިންގާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކެނދިކުޅުދޫ ހޮސްޕިޓަލް މަޝްރޫއަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުން ނިންމާގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް