ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 13:35
ކީޕަރު ނާޖިހު މާޒިޔާ އަށް ސޮއި ކުރުމަށް ފަހު
ކީޕަރު ނާޖިހު މާޒިޔާ އަށް ސޮއި ކުރުމަށް ފަހު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ލޯނު އެއްބަސްވުމެއްގެ ދަށުން ކީޕަރު ނާޖިހު މާޒިޔާ އަށް
 
ދާފް ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމުގެ ގޯލު ބެލެހެއްޓީ ވެސް ނާޖިހު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅެމުން އައި ގޯލް ކީޕަރު އަލީ ނާޖިހު، ލޯނު އެއްބަސްވުމެއްގެ ދަށުން ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.

މާޒިޔާ އިން ހާމަކޮށްފައިވާ ގޮތުގައި ނާޖިހު އެ ކުލަބާ ގުޅުނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. އުމުރުން 23 އަހަރުގެ ނާޖިހު އަކީ ޔޫވީގެ ގޯލު އިތުބާރާއެކު ބަލަހައްޓާފައިވާ ކީޕަރެކެވެ. އެ މުބާރާތުގައި ނާޖިހު އަށް ޤައުމީ ޓީމުން ޖާގަ ލިބުނީ ފަހު ވަގުތު އެއް ނަންބަރު ކީޕަރު މުޙައްމަދު ފައިސަލަށް އަނިޔާވެ، ޓީމާ ދުރަށް ދާން ޖެހުމުންނެވެ. އޭގެ ކުރިން 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕަށް އެކުވަލާވި ސްކޮޑުގައި ވެސް ނާޖިހު ވަނީ ހިމެނިފަ އެވެ.

ނާޖިހު ވަނީ މީގެ ކުރިން ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ ޒުވާން ޤައުމީ ޓީމާއެކު އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ އިތުރުން ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ޓީމުގައި ވެސް ހިމެނިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް