ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 11:05
ކ.ތުލުސްދޫ ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރުން ބައްލަވާލެއްވުން
ކ.ތުލުސްދޫ ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރުން ބައްލަވާލެއްވުން
ހެލްތު މިނިސްޓްރީ
ހޮސްޕިޓަލްތައް ތަރައްގީކުރުން
ހަތަރު ރަށެއްގައި ތަރައްގީކުރާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރއާ ހަވާލުކޮށްފި
 
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުން
 
މިމަހުގެ 10 ވަނަ ދުވަހު ބިން ހަވާލުކުރީ ނ.ވެލިދޫ، ށ.މިލަންދޫ، ކ.ތުލުސްދޫ އަދި ށ.ފުނަދޫގައި ތަރައްގީކުރާ ހޮސްޕިޓަލް އިމާރާތްކުރުމަށް

ހަތަރު ރަށެއްގައި ތަރައްގީކުރާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބިން ހަވާލުކުރީ ނ.ވެލިދޫ، ށ.މިލަންދޫ، ކ.ތުލުސްދޫ އަދި ށ.ފުނަދޫގައި ތަރައްގީކުރާ ހޮސްޕިޓަލް އިމާރާތްކުރުމަށެވެ.

ވެލިދޫ، ތުލުސްދޫ އަދި މިލަންދޫގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލުކުރައްވާފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ރަށްރަށުގައި ތަރައްގީ ކުރުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. މި 3 ހޮސްޕިޓަލްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން ފުނަދޫ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ ސިތުރަމާސް ހެވީ އިންޑަސްޓްރީސްއާއި ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި މި މަޝްރޫއު ވެސް 540 ދުވަހުން ނިންމަން ޖެހެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މިސަރުކާރުން އަންނަނީ 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން 21 މަޝްރޫއެއް ވަނީ ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް