ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 09:52
މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިންޓަ މިއާމީ
ޝާލޮޓް ބަލިކޮށް މިއާމީ ސެމީ އަށް، މެސީ އަށް ހުއްޓުމެއް ނެތް
މިހާތަނަށް މިއާމީ އަށް ކުޅެދިން ފަސް މެޗުގައި ވެސް މެސީ ވަނީ ލަނޑު ޖަހައިފަ

އެމެރިކާ ލީގްސް ކަޕްގެ ކުއާޓާ ފައިނަލްގައި ޝާލޮޓް ބަލިކޮށް އިންޓަ މިއާމީން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކުއާޓަރ ގައި މިއާމީން ޝާލޮޓްގެ މައްޗަށް ކުރި ހޯދީ 4-0 އިންނެވެ. މެޗުގައި މިއާމީން ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ ޖޯސެފް މާޓިނޭޒް އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ފުޅާ ކޮށްދިނީ ރޮބާޓް ޓޭލާ އެވެ. މިއާމީގެ ތިން ވަނަ ލަނޑަކީ ޝާލޮޓްގެ އެޑިލްސަން މަލަންޑާ އަތުން މެޗުގެ 78 ވަނަ މިނެޓުގައި ބައި ކޮޅަށް ވަތް ލަނޑެކެވެ. މިއާމީގެ ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނީ ކެޕްޓަން މެސީ އެވެ.

މިއީ މިއާމީ އަށް ބަދަލުވި ފަހުން މެސީ އެ ޓީމަށް ކުޅެދިން ފަސް ވަނަ މެޗެވެ. ފަސް މެޗުގައި ވެސް މެސީ ވަނީ ލަނޑު ޖަހައިފަ އެވެ. މެސީ ވަނީ މިހާތަނަށް މިއާމީގައި އަށް ލަނޑު ޖަހައިފަ އެވެ. ލީގްސް ކަޕްގެ ސެމީ ފައިނަލްގައި މިއާމީ ނިކުންނާނީ ފިލަޑެލްފިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

- ކޮމެންޓް