ހާލަންޑްގެ ދެ ލަނޑާއެކު ބާންލީ ބަލިކޮށް, އާ ސީޒަންގެ ޕްރިމިއަރ ލީގު ޗެމްޕިއަން ސިޓީން މޮޅަކުން ފަށައިފިއެވެ.
ސިޓީން ބާންލީ ބަލިކުރީ 3-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ފުރަތަމަ ދެ ލަނޑު ޖެހީ މިދިޔަ ސީޒަންގައި ރަންބޫޓް ހޯދި ހާލަންޑެވެ. މިއީ އޭނާ ސިޓީއާއެކު ހޭދަކުރާ ދެވަނަ ސީޒަނެވެ. ހަތަރު ވަނަ މިނިޓްގައި ހާލަންޑް ސިޓީއަށް ލީޑް ނަގައިދިނީ ރޮޑްރީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ލަނޑު ޖަހަން އެހީވީ އަލްވަރޭޒްއެވެ. ކޯޗު ގާޑިއޯލާ ފުރަތަމަ އެގާރަ އެކުލަވާލީ އަލްވަރޭޒްއާއި ހާލަންޑްވެސް ހިމަނައިގެންނެވެ. ދެވަނަ ހާފްގައި ތިންވަނަ ލަނޑު ޖެހީ ރޮޑްރީއެވެ. މިދިޔަ ސީޒަންގައި ހާލަންޑް ސިޓީއަށް 52 ލަނޑު ޖަހައިދިނެވެ.
ސިޓީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ކޮވަސިޗް ފުރަތަމަ ހާފްގެ ކުރީކޮޅު ޑިބުރޭނާގެ ބަދަލުގައި ކުޅެން ނިކުތެވެ. އެއީ ޑިބުރޭނާއަށް އަނިޔާވުމުންނެވެ. އަދި މެޗުގެ ފަހު ދިހަ މިނިޓްގައި ޑިފެންޑަރ ގްވާޑިއޯލްއަށް ފުރުޞަތު ދިނެވެ. ސިޓީއާ ދެކޮޅަށް ކުޅުނު ބާންލީގެ ކޯޗަކީ ސިޓީގެ ކުރީގެ ކެޕްޓަން ކޮމްޕެނީއެވެ.