ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 08:44
ނޮޅިވަރަންފަރުގައި އަޅާފައިވާ ހައުސިން ޔުނިޓްތައް
ނޮޅިވަރަންފަރުގައި އަޅާފައިވާ ހައުސިން ޔުނިޓްތައް
ޓްވިޓަރ
އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢު
އަތޮޅުތެރޭގެ 300 ހައުސިންގ ޔުނިޓަށް މިމަހުގެ ތެރޭގައި މީހުން ވައްދާނެ
މިވަގުތުވެސް 2400 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ކުރިޔަށްދޭ
200 ހައުސިންގ ޔުނިޓްގައި މިހާރު މީހުން ދިރިއުޅެމުންދޭ
މިވަގުތު ޓެންޑަރިންގ މަރުހަލާގައި 400 ހައުސިންގ ޔުނިޓް އެބައޮތް

އަތޮޅުތެރޭގައި ކުރިޔަށްދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން 500 ހައުސިންގ ޔުނިޓް މަސައްކަތް ނިމި 300 ހައުސިންގ ޔުނިޓްގައި މިމަސްތެރޭގައި މީހުން ދިރިއުޅެން ފަށާނެކަމަށް ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ސިޔާސަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިޝާން ވިދާޅުވީ މިވަގުތުވެސް 2400 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ކުރިޔަށްދާކަމަށެވެ. ނިމިފައިވާ 500 ހައުސިންގ ޔުނިޓްގެ ތެރެއިން 200 ހައުސިންގ ޔުނިޓްގައި މިހާރު މީހުން ދިރިއުޅެމުން އަންނަކަމަށް ވިޝާން ވިދާޅުވިއެވެ.

ކޮންޓެރްކްޓަރ އަތުން ޓޭކް އޯވަރ ކުރުމުގެ މަރުހަލާ ކުރިޔަށްދަނީ އެ 300 ހައުސިންގ ޔުނިޓްގެ. އަދިމިމަހުގެ ތެރޭގައި އިތުރު 800 ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާނަން. އިވެލުޔޭޝަން ކުރިޔަށްދަނީ ކައުންސިލްތަކާއި ގުޅިގެން. ކައުންސިލުތަކާއި މިނިސްޓްރީގެ ޖޮއިންޓް އިވެލުޔޭޝަން ކުރިޔަށްދަނީ މިހާރު. އެހެންވީމާ އެމަސައްކަތްވެސް ވަރަށް ސްމޫތްކޮށް ވަރަށް އަވަހަށް ފެށިގެންދާނެ.
ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން

ވިޝާން ވިދާޅުވީ މިވަގުތު ޓެންޑަރިންގ މަރުހަލާގައި 400 ހައުސިންގ ޔުނިޓް އެބައޮތްކަމަށެވެ. ވިޝާން ވިދާޅުވީ އަތޮޅުތެރޭގައި ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ކުރިޔަށްދަނީ ނީޑަށް ބެލުމަށްފަހު އެންމެ ބޭނުންވާ ރަށްތަކުގައިކަމަށެވެ. އަދި އެރަށްރަށުގައި އަޅާނީ ކޮން ކަހަލަ ހައުސިން ޔުނިޓްތަކެއްތޯ އެއަށްފަހު ކަނޑައެޅިގެންދާކަމަށް ވިޝާން ވިދާޅުވިއެވެ.

އަތޮޅުތަކުގައި ބިން ކުދި އާބާދީ ބޮޑު ރަށްރަށުގައި ކުރިޔަށްދާނީ އުސް އިމާރާތްތައް އެޅުންކަމަށް ވިޝާން ވިދާޅުވިއެވެ. އަދި ސަރުކާރުން އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢުތަކާއެކު އެރަށްރަށުގައި ގެދޮރުގެ ދަތިކަމަށް ހައްލު އަންނާނެކަމަށް ގަބޫލުކުރައްވާކަމަށް ވިޝާން ވިދާޅުވިއެވެ.

- ކޮމެންޓް