ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 20:11
އެކުއެޑޯގައި ރިޔާސީ ކެނޑިޑޭޓަކަށް ހަމަލަދީ މަރާލުން - 6 މީހުން ހައްުޔަރުކޮށްފި
އެކުއެޑޯގައި ރިޔާސީ ކެނޑިޑޭޓަކަށް ހަމަލަދީ މަރާލުން - 6 މީހުން ހައްުޔަރުކޮށްފި
އެކުއެޑޯގައި ރިޔާސީ ކެންޑިޑޭޓަކަށް ހަމަލަދީ މަރާލު
އެކުއެޑޯގައި ރިޔާސީ ކެންޑިޑޭޓަކަށް ހަމަލަދީ މަރާލުން - 6 މީހުން ހައްުޔަރުކޮށްފި
މި ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި 6 މީހުންނަކީ ވެސް ކޮލަމްބިއާ އަށް ނިސްބަތްވާ މީހުން
އޭނާ މަރާލާފައި ވަނީ އެކުއެޑޯގެ ވެރިރަށް ކުއިޓޯގައި ކުރިއަށް ދިޔަ ކެމްޕެއިން ރެލީއެއް ނިންމާލުމަށް ފަހު ނުކުމެވަޑަިގަންނަވަނިކޮށް އޭނާގެ ގަޔަށް ބަޑީގެ ހަމަލާ އެއް ދީގެން
މަރާލާފައިވާ ކެނޑިޑޭޓަކީ އެ ގައުމުގެ ނޭޝަނަލް އެސެމްބްލީއަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 59 އަހަރުގެ ފަރނެންޑޯ ވިލަވިސެންސިއޯ

އެކުއެޑޯގައި ރިޔާސީ ކެންޑިޑޭޓަކަށް ހަމަލަދީ މަރާލުމާއި ގުޅިގެން 6 މީހުން ހައްޔަރުކޮށްފިއެވެ.

ބުދަ ދުވަހު ދިން ހަމަލާ އެއްގައި މަރާލާފައިވާ ކެންޑިޑޭޓަކީ އެ ގައުމުގެ ނޭޝަނަލް އެސެމްބްލީއަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 59 އަހަރުގެ ފަރނެންޑޯ ވިލަވިސެންސިއޯއެވެ. އޭނާ އަކީ ކޮރަޕްޝަނާއި ގޭންގުތަކާއި ދެކޮޅަށް ވަކާލާތުކުރައްވަމުން ވަޑައިގެންނެވި ކެންޑިޑޭޓެކެވެ. އޭނާ މަރާލާފައި ވަނީ އެކުއެޑޯގެ ވެރިރަށް ކުއިޓޯގައި ކުރިއަށް ދިޔަ ކެމްޕެއިން ރެލީއެއް ނިންމާލެއްވުމަށް ފަހު ނުކުމެވަޑަިގަންނަވަނިކޮށް އޭނާގެ ގަޔަށް ބަޑީގެ ހަމަލާ އެއް ދީގެންނެވެ.

މި ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި 6 މީހުންނަކީ ވެސް ކޮލަމްބިއާ އަށް ނިސްބަތްވާ މީހުންކަމަށް ޕޮލިސް ރިޕޯޓްތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. އެ މީހުން ހަމަލަ ދީފައި ވަނީ ކެމްޕެއިން ރެލީ ކުރިއަށް ދިޔަ ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި ފިލާތިބެގެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ޕޮލިސް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން މި ހަމަލާ އާއި ގުޅިގެން 5.56 އެމްއެމްގެ ޝޮޓްގަން ރައިފަލްއަކާއި މޮޓޯސައިކަލަކާއި، އިތުރު އުޅަނދަކާއި، ތިން ގްރެނޭޑް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އޭނާގެ މަރާއި އެކު އެކުއެޑޯގައި އޮތް ކުށުގެ މާހައުލު ހުއްޓުވުމަށް ވަކާލާތުކުރާ މީހުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އޭނާގެ މަރާއި އެކު އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އަދި އެ ގައުމުގެ ސިޔާސީ މަޝްރަހުވެސް ވަނީ ހަލަބޮލިވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް