ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 16:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކޮލަމާފުށީގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކޮލަމާފުށީގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ކޮލަމާފުއްޓަށް ރައީސްގެ ވައުދުފުޅުތައް
ކޮލަމާފުއްޓަށް މިނީ ހޮސްޕިޓަލެއްގެ ވައުދު ރައީސް ވެވަޑައިގެންފި
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ދަނީ ނިމެމުން
ސެޕްޓެމްބަރު 9ގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ނިންމަންވީ، އަނިޔާވެރިކަމާއެކީ ކުރިއަށްދާނީތޯ ނުވަތަ މިހާރު ހުރި ތަރައްގީއާއެކު ކުރިއަށްދާނީތޯ

މިނީ ހޮސްޕިޓަލަކާއެކު ގއ. ކޮލަމާފުއްޓަށް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާއަށް ކޮލަމާފުއްޓަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮލަމާފުއްޓަކީ އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅޭ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. ވަރަށް ފޯރިއާއި ޖޯޝުގައި އެކަމުގައި އުޅޭ ކަމަށާއި، އޭރުވެސް މިހާރުވެސް ކޮލަމާފުށީ ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮލަމާފުށިން ބޮޑުކޮށް ލިބިވަޑަގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ވަޑައިގަތީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއާއެކު ކަމަށެވެ. އޭރު ވެވަޑައިގެންނެވި ވައުދުފުޅުތައް މިހާރު ދަނީ ހިނގަމުން، ނިމެމުން ކަމަށެވެ. ރައްޔިތުން އޭރު އެދުނީ ބަނދަރު ހެދުމަށް ކަމަށާއި، ރައްޔިތުން އެދޭގޮތަށް ބަނދަރު އެދަނީ ނިމެމުންކަން ރައީސް ފާހަގަކުރެއްވިއެވެ. މަގުތައް ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށާއި، އަދި ރަށުގެ ބިން ހިއްކުމަށް މިހާރުވަނީ ޓެންޑަރ ކުރެވިފައި ކަމަށާއި، ކުރިއަށް އޮތް މަހުގެ ތެރޭގައި ބިން ހިއްކަން ފެށި އެ މަސައްކަތް ނިމުމުން އެތަނުގައި ފުލެޓް ނުވަތަ ރޯހައުސް އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަޑައިގަންނަވަނީ ވައުދުފުޅުތަކަކާއެކު ކަމަށެވެ. އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތް ދަނީ ނިމެމުންކަމަށާއި، ހަމަޖެހުން މަޑުމަޑުން މަޑުމަޑުން އައިސްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ސެޕްޓެމްބަރު 9ގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ނިންމަންވީ، އަނިޔާވެރިކަމާއެކީ ކުރިއަށްދާނީތޯ ނުވަތަ މިހާރު ހުރި ތަރައްގީއާއެކު ކުރިއަށްދާނީތޯއެވެ.

ކޮލަމާފުއްޓަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް

  • ހައުސިންގ ޔުނިޓް ގާއިމްކުރުން
  • އުދައަރާ ސަރަހައްދު ހިމާޔަތްކުރުން
  • އައިސްޕްލާންޓުގެ ކެޕޭސިޓީ ބޮޑުކޮށް ކޯލްޑް ސްޓޯރޭޖް ގާއިމްކުރުން
  • ހެލްތު ސެންޓަރު އަޕްގްރޭޑްކޮށް މިނީ ހޮސްޕިޓަލަކަށް ބަދަލުކުރުން
  • ބިން ހިއްކުން
- ކޮމެންޓް