Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 21:44
ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން
ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓްގެ އަމުރު
އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ!
ހުކުމަށް ފާޑު ނުކިޔުމަށް އަމުރުކޮށްފައިވޭ
ތިން ފަނޑިޔާރުންނަށް ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
ކުރިން ވަކިކޮށްފައިވާ މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްް ތަންފީޒުކުރެވޭނީ އެ ހުކުމްކުރި ތާރީހުގެ ފަހުން ކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމަށްކަނޑައަޅައި ، އެ ކޯޓުން އާދީއްތަ ދުވަހު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލައަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުމާއެކު، ޕާޓީއަކުން ކުރިން ވަކިކޮށްފައިވާ މެމްބަރުންގެ ގޮނޑި ވެސް އަދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ގާނޫނީ ވަކީލުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެ އެވެ. 

ޝަރީއަތުން ބަލާ އެ ނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހު ނިންމުން ކަމަށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކޯޓުން ނިންމާ ނިންމުމަކާމެދު އިހްތިސޯސްގެ ގޮތުންނާއި އިޖުރާއީ ގޮތުންނާއި އަދި މައުޟޫއީ ގޮތުން ވެސް ޖަދަލެއް ނުވަތަ ހުޞޫމަތެއް އުފައްދާނެ އެއްވެސް ތަނެއް ނުވަތަ މަޖާލެއް ނެތް ކަމަށެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް އަދި ކޯޓުތަކުން ނިންމާ ނިންމުންތައް އޮޅުވާލެވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާންދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަން ސުޕްރީމް ކޯޓުން ފާހަގަ ކުރައްވައި، އަމުރުގައި ބުނެފައިވަނީ އެފަދަ މަނާ ކަންކަން ކުރާނަމަ ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާާބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުންގެންދާނެ ކަމަށެވެ.

ދުސްތޫރީ މައްސަލައެއް ބެލޭނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، މިއަދުގެ އަމުރުގައި ބުނެފައިވަނީ ތިން ފަނޑިޔާރުންނަށް އެފަދަ މައްސަލަތައް ބެލޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލަތައް ބަލައި ނިންމަންވާނީ މަދުވެގެން ފަސް ފަނޑީޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެގޮތަށް ގާނޫނުގައި ބަޔާންކޮށްފައި އޮތީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް އިރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
17 ޖުލައި 2017 | ހޯމަ 07:51
ހމޒ
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މެންބަރުކަމާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ޙުކުމުގައ ބަޔާންކޮށްފައ ވާތިން ޙާލަތުން ކުރެ ޙާލަތަކީ އެ ޙުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ޙާލަތެއް ނަމަ، ނުވަތަ އެއިން ޙާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ޙާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ޙާލަތަކާ ގުޅި ފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމުގެ އަޘަރު އެއްވެސްގޮތަކުން މާޟީއަށް ރުޖޫޢަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ! ސުޕްރީމް ކޯޓުގެ ހުކުމުގައި ގާނޫނު އަސާސީގެ މާއްދާތަކާއި ހަވާލާދީ ވިދާޅުވެފައިވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުން "ހައްލު" ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ! އަދި މަޖިލީހަށް ހޮވޭ މެމްބަރުން ޕާޓީ ބަދަލު ކުރެވޭ ގޮތަށް އޮތުމަކީ ސިޔާސީ އަދި މާލީ ނުފޫޒުގައި މެމްބަރުން ޖެހި، ރައްޔިތުންގެ މަސްލަހަތަށް ވުރެ މެމްބަރުގެ އަމިއްލަ މަސްލަހަތު އިސް ކުރެވޭނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ!؟ މި ނިންމުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ!؟ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ދަށުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ރިއާޔަތްކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ!؟ ކޯޓު ބަރާބަރު. އެކަން ހަޖަމު ނުވަނީ އަމިއްލަ އެދުމުން ފޯވެފައިވާ ހަސަދަވެރިންނަށް!!!؟
16 ޖުލައި 2017 | އާދީއްތަ 22:01
Araisha
Birudhakkaigen dhoo thanugai thalhu laathi
16 ޖުލައި 2017 | އާދީއްތަ 22:01
Araisha
Birudhakkaigen dhoo thanugai thalhu laathi